Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮޕް ސަމިޓަށް ވަޑައިގަތުމުގެ ކުރިން އދ.ގެ އާއްމު މަޖިލީހުގެ ރައީސް ގަހެއް އިންދަވައިފި

ކޮޕް ސަމިޓަށް ވަޑައިގަތުމުގެ ކުރިން އދ.ގެ އާއްމު މަޖިލީހުގެ ރައީސް ގަހެއް އިންދަވައިފި

ކޮޕް ސަމިޓަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ފުރާވަޑައިގަތުމުގެ ކުރިން އދގެ އާއްމު މަޖިލީހުގެ ރައީސް (ޕީ.ޖީ.އޭ) އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އދގެ މައި މަރުކަޒުގައި ގަހެއް އިންދަވައިފިއެވެ.

މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރ ޝާހިދު ވަނީ މީގެ ކުރިން ވައުދުވެވަޑައިގެންފައެވެ. އެގޮތުން ސްވިޓްޒަލެންޑްގެ އީ.ޓީ.އެޗް ޒިއުރިކް ޔުނިވަރސިޓީއިން ހެދި ދިރާސާއަކުން ދައްކައި ގޮތުގައި ބައި ޓްރިލިއަން ގަސް އިންދައިގެން 205 ގިގަޓަނުގެ ކާބަން ކެޕްޗަރ ކުރެވޭނެކަން ހޯދިފައިވާކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަ ކުރައްވައިފައެވެ. މިއީ 1960ވަނަ އަހަރުން ފެށިގެން އިންސާނުންގެ ސަބަބުން ޖައްވަށް ދޫވި ކާބަންގެ ދެބައިކުޅަ އެއްބައެވެ.

<img class="alignnone wp-image-123491 size-full" src="https://cdn.dhen.mv/wp-content/uploads/2021/10/IMG-20211030-WA0003.jpg" alt="" width="1024" height="768" />

Advertisement
HDC — Sidebar (box)

ނިމިދިޔަ ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ ފުރަތަމަ މޫސުމީ ބަދަލުތަކާ ބެހޭ ބަހުސް އދގެ އާއްމު މަޖިލީހުގައި ބާއްވަވައިފައެވެ.

މިނިސްޓަރ ޝާހިދުގެ އިސްނެންގެވުމަކަށް ބޭއްވި މި ބަހުސްގައި 17 ޤައުމެއްގެ ވެރިން (ރައީސް/ބޮޑުވަޒީރު)، 2 ޤައުމެއްގެ ނައިބު ރައީސުން އަދި 27 ޤައުމެއްގެ ފޮރިން މިނިސްޓަރުންގެ އިތުރުން 14 ޤައުމެއްގެ ސަފީރުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ހަމައެއާ އެކު 6 ޤައުމަކުން ވަނީ ސަރަހައްދީ ޤައުމުތަކުގެ ފަރާތުން ވެސް ވާހަކަ ދައްކައިފައެވެ.

<img class="alignnone wp-image-123492 size-large" src="https://cdn.dhen.mv/wp-content/uploads/2021/10/IMG-20211030-WA0004-1024x768.jpg" alt="" width="1024" height="768" />

ޔޫ.އެން ޑޭ ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި އދގެ މައި މަރުކަޒު ހުންނަ ނިއުޔޯކްގެ ކަނިންހަމް ޕާކްގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމްގައި ވެސް މިނިސްޓަރ ޝާހިދު ގަހެއް އިންދެވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް