Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ދެ ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށާއި ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށެވެ.

މެޓް އޮފީހުން ބުނެފައި ވަނީ މި ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ހއ. އަތޮޅުން ޅ. އަތޮޅަށް ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ކ. އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:00އިން މެންދުރު ފަހު 2:00އަށެވެ. ހއ. އަތޮޅުން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 9:30އިން ހަވީރު 4:00އަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް