Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރާއްޖެއިން މިއަދު ކޮވިޑަށް ފައްސިވީ 131 މީހުން

ރާއްޖެއިން މިއަދު ކޮވިޑަށް ފައްސިވީ 131 މީހުން

ރާއްޖެއިން މިއަދު އިތުރު 131 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދަައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 28 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 95 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 8 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.

Advertisement
HDC — Sidebar (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 87،915 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 85،823 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 29 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 243 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް