Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މޫސުމީ ބަދަލުތަކާ އެކު މަސްވެރިން އެންމެ ގިނައިން މަރުވާ ޤައުމަކަށް ރާއްޖެ ވެއްޖެ: ރައީސް ނަޝީދު

މޫސުމީ ބަދަލުތަކާ އެކު މަސްވެރިން އެންމެ ގިނައިން މަރުވާ ޤައުމަކަށް ރާއްޖެ ވެއްޖެ:  ރައީސް ނަޝީދު

މޫސުމީ ބަދަލުތަކާ ހުރެ ރާއްޖޭގެ ތިމާވެއްޓަށް ކުރަމުންދާ އަސަރުތަކުގެ ސަބަބުން، ދިވެހިންގެ އާއްމުދަނީ ހޯދަން ކުރާ މަސައްކަތަށާއި ދިވެހިންގެ ފުރާނައަށް ވެސް ނުރައްކާވެފައިވާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކުން އެއްވެ ކުރާ މަޝްވަރާ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މިވަގުތު ސްކޮޓްލެންޑުގެ ގްލާސްގޯގައި ހުންނަވާ ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދުވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ކުރަމުންދާ އަސަރުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ވިދާޅުވީ، ރާއްޖޭގެ މައިގަނޑު ގޮތެއްގައި އާއްމުދަނީ ހޯދަން ކުރާ އެއް މަސައްކަތް ކަމުގައިވާ މަސްވެރިކަމަށް ވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ގެއްލުން ވާކަމަށެވެ.

"އަޅުގަނޑުމެންގެ މަސްވެރިން ކަނޑު މަސް ބާނަނީ ރެހި ބޭނުންކޮށްގެން. މޫސުމީ ބަދަލުގެ ސަބަބުން މުރަކަތައް ހަލާކުވުމުން ރެހި އުޅޭ މާހައުލު ބަދަލު އެބަވޭ. މިހެންވެ، މަސްވެރިން ފީނަން ޖެހޭ ވަރަށް އަޑިއަށް ރެހި އައިނެއް ހޯދަން. މިގޮތަށް އަޑިއަށް ފީނަން ޖެހިގެން ވަރަށް ބައިވަރު އިންސިޑެންޓްތައް އެބަހުރި ދިމާވެފައި. މިފަދަ ކަންކަމުގައި ނިސްބަތުން އެންމެ ގިނަ ބަޔަކު މަރުވާ ޤައުމަކީ ރާއްޖެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް ރެހި އައިނު ހޯދަން ފައިބައިގެން މަސްވެރިން ނިޔާވިކަމުގެ ރިޕޯޓްތަކެއް ރާއްޖޭގައި ކޮށްފައި ނެތްކަން ފާހަގަކޮށްލެވެއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރާއްޖޭގެ ރަށް ގިރުމުގެ މައްސަލައަށް ވެސް ވަނީ އަލި އަޅުވައިލައްވައިފައެވެ. މިގޮތުން ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ އަސްލު ފެންމަތި ވަނީ، ދުނިޔެ ހޫނުވުމުގެ ސަބަބަބުން ފަރަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ކަމަށެވެ، މިގޮތުން ފަރުގެ މުރަކަތައް މަރުވުމުން، ރާޅު ބައިނިތައް ހަލުވި ބާރު މިނުގައި ރަށުގެ ގޮނޑުދޮށަށް ބީއްސާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުރިއަށް ވުރެ ވައިގަދަވެ، ވިއްސާރަކޮށް، ރާޅުތައް ވަރުގަދަވެފައި ވާއިރު، މުރަކަތައް މަރުވުމުން ރަށްތަކުގެ ގުދުރަތީ ދިފާއީ ނިޒާމު ނެތިގެންދާ ކަމަށެވެ. މިކަންކަން ވުމުން ރަށް ގިރުމުގެ މައްސަލަ ބޮޑުވާ ކަމަށް ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް