Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޮފީސް މާހައުލުގައި އެންމެ ޖަރާސީމު ގިނަ ފަސް ތަނަކީ މިއީ!

އޮފީސް މާހައުލުގައި އެންމެ ޖަރާސީމު ގިނަ ފަސް ތަނަކީ މިއީ!
އެންމެ ޖަރާސީމު ގިނަ ތަންތަނަކީ ގިނަ މީހުން އެއްވެ އުޅޭ ތަންތަނެވެ. އަދި ގިނަ މީހުން ބޭނުންކުރާ ތަކެތި ގެންގުޅޭ ތަންތަނަކީ ވެސް ޖަރާސީމުން ފުރިގެންދާ ތަންތަނެވެ. މީގެ ތެރޭގައި ތިމާ މަސައްކަތް ކުރާ އޮފީސް މާހައުލު ހިމެނެއެވެ. ނަމަވެސް އޮފީސް މާހައުލުގައި އުޅޭއިރު، ގަޑިން ގަޑިއަށް އަތް ދޮވެ ހެދުމުން ޖަރާސީމުން ޖެހޭ ބަލިތަކުން ތިމާ ރައްކާތެރި ކޮށްދެއެވެ. ތިރީގައި މި ބަލާލަނީ އޮފީސް މާހައުލުގައި އެންމެ ޖަރާސީމު ގިނަ ތަންތަނާއި ތަކެއްޗެވެ. ލިފްޓު ބަޓަން ލިފްޓު ބަޓަނަކީ އިމާރާތުގެ ދެވަނަ ފްލޯއަށް ވުރެ މައްޗަށް ދާން ކޮންމެ މީހަކު ވެސް ބޭނުންކުރާ އެއްޗެކެވެ. އެހެންކަމުން ލިފްޓު ބޭނުންކުރާ ކޮންމެމީހަކު ވެސް ލިފްޓު ބަޓަން ބޭނުން ކުރުމަށް އަތްލާނެވެ. ބަސް އަދި ޓެކްސީގެ އެހީގައި ޓްރެފިކްގައި ޖެހިގެން އަންނަ ކޮންމެ މީހެއްގެ ވެސް އަތުގައި މަތީ މިންވަރަކަށް ޖަރާސީމު ހުންނާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި 61 އިންސައްތަ ލިފްޓު ބަޓަންގައި ޖަރާސީމު އަށަގެންފައިވެއެވެ. މިއާ ހިލާފަށް ސާފުކޮށް ބަލަހައްޓާ ފާޚާނާގެ ތެރެއިން ޖަރާސީމު އަށަގެންފައި ހުންނަނީ އެންމެ 41 އިންސައްތަ ފާޚާނާ ތަކުގައެވެ. މިގޮތަށް ޖަރާސީމު އަށަގެންފައި ހުންނަ ތަންތަނުގައި އަތްލާން ޖެހޭ ނަމަ، ކޮންމެ 15 ސިކުންތާއި 20 ސިކުންތާއި ދެމެދު އަތް ދޮންނާށެވެ. އަދި ހޭންޑް ސެނިޓައިޒާއެއް ބޭނުން ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އޮފީހުގެ ދޮރު ދޮރުގެ ތަޅު ނުވަތަ އަތްގަނޑަކީ އެންމެ ގިނައިން މީހުން ބޭނުން ކުރާ އެކައްޗެވެ. މިއީ އެކެއްގެ އަތުން އަނެކެއްގެ އަތަށް ނުސީދާގޮތެއްގައި ޖަރާސީމު ވާސިލްކޮށްދޭ އެއްޗެކެވެ. ދަގަނޑުގެ ތިން ބާވަތްކަމަށްވާ ކޮޕާ، ޒިންކް އަދި ނިކެލްއިން ހަދާފައި ހުންނަ ދޮރުގެ ތަޅަކީ އަތުގައި ޖަރާސީމު ހަރުލުން ދުރުކޮށްދޭ އެއްޗެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މި ހާލަތުގައި ވެސް އެންމެ ރަނގަޅު ގޮތަކީ ދޮރުގެ ތަޅުގައި އަތްލާފައި އަތް ދޮވުން ނުވަތަ ސެނެޓައިޒަރު ބޭނުން ކުރުމެވެ. ކީބޯޑް ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕްގެ ކީބޯޑަކީ ތިމާ އެކަނި ބޭނުން ކުރާ އެއްޗެއް ކަމުގައިވީ ނަމަވެސް ކީބޯޑަކީ ވެސް ބެކްޓީރިއާ އަށަގަންނަ އެއްޗެކެވެ. މިކަން ދެނެގަތުމަށް ސައިންވެރިން ކުރި ދިރާސާއެއްގައި ވަނީ 250 ކީބޯޑު ޗެކްކޮށްފައެވެ. މިއިން ކޮންމެ ކީބޯޑެއްގައި ވެސް ކޮންމެ ވެސް މިންވަރަކަށް ޖަރާސީމު ހުއްޓެވެ. މިފަދަ ޖަރާސީމު ނައްތާލުމައްޓަކައި ކީބޯޑާއި މައުސް އެންޓި ބެކްޓީރިއަލް ވައިޕް ބޭނުންކޮށްގެން ސާފު ކުރުން ވަރަށް މުހިންމެވެ. އޮފީސް ފޯނު އެމެރިކާ މީހުން ދުވާލެއްގެ މައްޗަށް 50 ފަހަރަށް ވުރެ ގިނައިން އެ މީހުންގެ ފޯނުގައި އަތްލައެވެ. އެހެންކަމުން އެ މީހުންގެ ފޯނުގައި ގިނަ އަދަދަކަށް ޖަރާސީމު އެކުލެވެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި މީގެ ތެރެއިން ގިނަ ބެކްޓީރިއާ އަކީ ނުރައްކާތެރި ބެކްޓީރިއާއެއް ނޫނެވެ. ނަމަވެސް އޮފީހުގައި ގިނަ މީހުން ބޭނުން ކުރާ ފޯނުތަކުގައި ޖަރާސީމު އަށަގަންނަ މިންވަރު ގިނައެވެ. މި ފޯނުތައް އާންމުކޮށް ސާފުކުރަނީ ވެސް ވަރަށް މަދުންނެވެ. ބްރޭކް ރޫމް ކޮފީ ތަށިތައް މިއީ އަމިއްލައަށް ކޮފީ ބޯނެ ތައްޓެއް އޮފީހަށް ގެންނަން ޖެހޭ ސަބަބެވެ. ގިނަ މީހުން ފާޚާނާ ކުރުމަށް ފަހު އައިސް ބްރޭކް ރޫމްގައި ހުންނަ ކޮފީ ތަށިތަކުގައި އަތްލައި ހަދައެވެ. އެހެންކަމުން ނުރައްކާތެރި ޖަރާސީމު މި ތަށިތަކުގައި ހުރުމަކީ ވަރަށް އާންމު ކަމެކެވެ. ދިރާސާއަކުން ދައްކާގޮތުގައި އޮފީސްތަކުގެ ބްރޭކް ރޫމްގައި ބޭނުން ކުރާ ތަށިތަކުގައި 20 އިންސައްތަ ނަޖިސް އެކުލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް