Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އީސީގެ ރައީސް ކޮވިޑް-19އަށް ފައްސިވެއްޖެ

އީސީގެ ރައީސް ކޮވިޑް-19އަށް ފައްސިވެއްޖެ

އީސީގެ ރައީސް ފުވާދު ތައުފީޤް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ފުއާދް ތައުފީޤް ވިދާޅުވީ، އެމަނިކުފާނު ކޮވިޑަށް ފައްސިކަން އެނގިފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.

"އަޅުގަނޑަށް އަނެއްހެން މާބޮޑު ކަމެއް ނުވޭ. ކުޑަކޮށް ހުން ވައްތަރު ކޮށްފައި، ކޮށި އަރައިފައި ހުންނަނީ. ކާއެއްޗެހީގެ ރަހަ ވެސް ލައި، ވަސް ވެސް ދުވާ" ފުވާދު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ފުވާދު ވިދާޅުވީ، އެމަނިކުފާނު އިއްޔެ އޮފީހުގައި އިނދެފައި ފްލޫ ކްލިނިކަށް ދެއްކީ ވެސް، ކުޑަކޮށް ކޮށި އަރާގޮތް ވުމުން ކަމަށެވެ.

އީސީގެ ރައީސް ކޮވިޑް-19އަށް ފައްސި ވިޔަސް، އެ ކޮމިޝަންގެ މުވައްޒަފުންގެ އެފަދަ އެއްވެސް އަލާމާތެއް ނެތް ކަމަށާއި އެ އޮފީހުގައި މަސައްކަތް ކުރާ އެންމެން ވެސް އުޅުއްވަނީ މަސައްކަތު ގަޑީގައި ވެސް މާސްކު އަޅުއްވައިގެން ކަމަށް ފުވާދު ތައުފީޤް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް