Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިސްކިތް ތެރެއަށް ކުޑަކަމުދިޔަ މީހާ، އަނެއްކާ ވެސް އެކަން ކޮށްފި

މިސްކިތް ތެރެއަށް ކުޑަކަމުދިޔަ މީހާ، އަނެއްކާ ވެސް އެކަން ކޮށްފި

އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔުމުން ވެސް ދޫކޮށްލި ހަސަން ޒިޔާދު (40އ.)، އަނެއްކާ ވެސް މިސްކިތެއްގެ ތެރެއަށް ކުޑަކަމުގޮސްފިއެވެ.

އެނގިފައިވާ ގޮތުގައި ޒިޔާދު މިފަހަރު ކުޑަކަމުދިޔައީ މަޖީދިއްޔާ ސްކޫލު ކައިރީ ހުންނަ އިބްރާހިމް އިސްކަންދަރު މިސްކިތު ހަރިންމައިގެ ތެރެއަށެވެ. މިސްކިތުގެ ތެރެއަށް ޒިޔާދު ކުޑަކަމު ދިއުމުން، އެތަނުގައި ތިބި އާންމުން ވަނީ އޭނާ ހުއްޓުވައި ނަސޭހަތް ދީފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިސްކިތެއް ތެރެއަށް ޒިޔާދު ކުޑަކަމުދިޔަ މައްސަލަ އެންމެ ފުރަތަަމަ ފެންމަތިވީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.

Advertisement
Allied — Dhen Online (box)

ޒިޔާދު އަނެއްކާ ވެސް މިސްކިތަކަށް ކުޑަކަމު ދިޔައީ އޭނާ ކުރިން ކުޑަކަމު ދިޔަ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައި ބަންދުން ދޫކޮށްލައިފައި ވަނިކޮށެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް