Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އައްޑޫސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ

އައްޑޫސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ

އައްޑޫސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެނިކޮށް ނިޔާވެއްޖެއެވެ.

އޮންލައިން ނޫސް "ވަގުތު"އިން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގައިފައި ވަނީ ރޭ ފަތިހުއެވެ. މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ނިޔާވެފައި ވަނީ އުމުރުން 59 އަހަރުގެ ހިތަދޫ ފިރިހެނެކެވެ.

މި އެކްސިޑެންޓު ހިނގީ އެމީހާ ގަމަށް ޑިއުޓީއަށް ދަނިކޮށް، ހިތަދޫ ގައުކެޑި ސަރަހައްދުން ކަސްރަތު ކުރުމަށް ނިކުމެ އުޅުނު މީހެއްގެ ގައިގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Allied — Dhen Online (box)

އެކްސިޑެންޓުގެ ސަބަބުން އެމީހާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެސް އައްޑޫ އީކުއިޓޯރިއަލް ހޮަސްޕިޓަލުގެ އައިސީޔޫގައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް