ކޮވިޑް-19 އަދާހަމަ: އަދަދުތައް 100އަށް ވުރެ މަތީގައި!

ރާއްޖެއިން މިއަދު އިތުރު 130 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 19 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 103 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 8 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 88،516 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 86،290 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 25 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 245 މީހުން ނިޔާވެފައި ވެއެވެ.