ބޮލީވުޑް މުނިފޫހިފިލުވުން

ކައިވެނީގެ ވާހަކަތައް ލީކުވުމުން ކެޓްރީނާ ރުޅިގަދަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޖޯޑުތަކުގެ ވާހަކަ ދެކެވެމުން ދާއިރު، މިދުވަސްކޮޅު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ދެ އެކްޓަރުން ކަމުގައިވާ ކެޓްރީނާ ކެއިފްއާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކައެވެ.

Ads by STELCO

މިއަހަރުގެ ޑިސެމްބަރު މަހުގެ 7ވަނަ ދުވަހު މި ދެތަރިންގެ ކައިވެނީގެ ޙަފްލާތައް ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް، ކައިވެންޏާ ގުޅޭ ގޮތުން އަދިވެސް ކެޓްރީނާއާއި ވިކީ އަމިއްލައަށް އެއްވެސް ވާހަކައެއް ހިއްސާ ކޮށްފައެއް ނުވެއެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އެ ދެމީހުންގެ ކައިވެނީގައި ބައިވެރިވާން ދައުވަތު ކާޑު ވެސް އަދި ނުބަހައެވެ.

ކެޓްރީނާއާއި ވިކީގެ ގާތް މީހަކު "އިންޑިއާ ޓުޑޭ"އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ކައިވެނީގެ ދައުވަތު ކާޑު އަދި އެ ދެތަރިން ނުބަހައި ހުރީ، ކައިވެނީގެ ވާހަކަ މީޑިއާތަކަށް މާ އަވަހަށް ލީކުވުމުގެ ސަބަބުން ކެޓްރީނާ ހިތްހަމަނުޖެހިފައި ހުރުމުންނެވެ.

"ކެޓްރީނާއަކީ އަބަދުވެސް އޭނަގެ ޒާތީ ދިރުއުޅުމުގެ ކަންކަން ވަރަށް ސިއްރު ކޮށްގެން އުޅޭ މީހެއް. އެހެންވެ ކައިވެނީގެ ޚަބަރު އަމިއްލައަށް ހާމަ ކުރުމުގެ ކުރިން މީޑިއާތަކަށް އެނގުމުން ކެޓްރީނާ ހުރީ ހިތްހަމަ ނުޖެހިފައި" ނަން ހާމަ ނުކޮށް އެމީހާ ބުނެފައިވެއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ވިކީ ކެޓްރީނާ ގާތު އިންނަން އެހީ، ޗޮކްލެޓް ބްރައުނީ ފޮއްޓެއްގެ ތެރެއަށް ލާފައި އޮތް ނޯޓަކުންނެވެ. ފިލްނީ ސްޓައިލަށް ކުރި ޕްރޮޕޯސް ކުރުމުން ކެޓްރީނާ ވަރަށް ހައިރާންވި ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!