Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަވަށްޓެރި ފުލުހުންގެ ހިދުމަތް ކުޅުދުއްފުއްޓަށް ތައާރަފްކޮށްފި

އަވަށްޓެރި ފުލުހުންގެ ހިދުމަތް ކުޅުދުއްފުއްޓަށް ތައާރަފްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި ފުލުހުންގެ ބައެއް އިސްވެރިންގެ އިތުރުން ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement
Allied — Dhen Online (box)

ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ ވަކި ރަށެއް ސަރަހައްދުތަކަކަށް ބައިކޮށް އެއިން ކޮންމެ ބަޔަކަށް ފުލުހުންގެ އޮފިސަރަކު ހަމަޖައްސައި، އެ ބައެއްގެ މައްސަލަތައް ދުވަހުން ދުވަހަށް އެ އޮފިސަރަކު ބަލާ ނިޒާމެކެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ، ހިދުމަތް ދިނުމުގައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުން އިސްކޮށް ރައްޔިތުންނާ ގާތުން ޖަވާބުދާރީވުން މައިގަނޑު އަސާސެއްގެ ގޮތުގައި ބެލެވިގެން ފޯރުކޮށްދެވޭ ހިދުމަތްދިނުމުގެ ނިޒާމެކެވެ.

މި ރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށާއި މުޖުތަމައާ އޮންނަ ގުޅުން ދެމެހެއްޓުމަށް ފުލުހުންނަށް ވަރަށް ބޮޑަށް ބާރު އަޅައިފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައި ވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް