Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިނިމަމް ވޭޖް ކަނޑައެޅުން މި މަހު 8ގައި

މިނިމަމް ވޭޖް ކަނޑައެޅުން މި މަހު 8ގައި

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުން މި މަހުގެ 8 ވާ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އޮންލައިން ނޫސް "އަވަސް" އިން ބުނެފައި ވަނީ މިނިމަމް ވޭޖް އަންނަ ހޯމަ ދުވަހު ކަނޑައެޅުން އޮންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު އެ ނޫހަށް ޔަގީން ކޮށްދެއްވާފައިވާ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުން ހޯމަ ދުވަހު އޮތް ކަމުގައި ވިޔަސް ކޮވިޑް ހާލަތަށް ބަލައިފައި މިނިމަމް ވޭޖަށް ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާއާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިވަން ވޭޖް ބޯޑުން މިދިޔަ އަހަރު އޮތީ ލަފާ ދީފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް