Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖާބިރުގެ ދެ ކޮއްކޮ ހައްޔަރުކޮށްފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކޮއްކޮ، އަލީ އަސްރާއާއި މުހުލިސް އަބްދުލް އަޒީޒު ހައްޔަރުކޮށްފިއެވެ.

އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ، އއ. މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓް ހައުސްއެއްގައި މީހަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ފުލުުހުން ވިދާޅުވީ، ޖާބިރުގެ ގެސްޓް ހައުސްއެއްގައި މީހަކަށް ހަމަލާދިން މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް "ދެން"އަށް މީގެ ކުރިން ވިދާޅުވީ، ޖާބިރު ގްރޫޕެއް ގޮވައިގެން އެރަށުގައި ހަރަކާތްތެރިވާ ކަމަށާއި، އަދި ޖާބިރުގެ ގެސްޓް ހައުސް ކަމަށްވާ ކާސާ މިއާގައި މަސައްކަތް ކުރި ކުއްޖެއްގެ ބައްޕަ ރަހީންކޮށް އަނިޔާކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖާބިރު ވަނީ މި ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

މަތިވެރީގައި ހުންނަ ޖާބިރުގެ ގެސްޓް ހައުސް ކާޒާ މިއާއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިމާރާތް ރޭގެ ވަގުތެއްގައި ބަޔަކު ވަނީ ރޯކޮށްލައިފައެވެ. ގެސްޓް ހައުސް ރޯކޮށްލައިފައި މި ވަނީ ގެސްޓް ހައުސް ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވަނިކޮށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް