Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިސްކިތަށް ކުޑަކަމުދިޔަ މީހާ މިއަދު ހަތިމަކަށް ކުޅު ޖަހައިފި

މިސްކިތަށް ކުޑަކަމުދިޔަ މީހާ މިއަދު ހަތިމަކަށް ކުޅު ޖަހައިފި

މިސްކިތަށް ކުޑަކަމުދިޔަ މީހާ މިއަދު ހަތިމަކަށް ކުޅު ޖަހައިފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް އޮފީސް ކުރިމައްޗަށާއި ބައެއް މިސްކިތްތަކަށް ކުރިން ކުޑަކަމުދިޔަ މި މީހާ، މިސްކިތަކަށް އަރައި ހަތިމަކަށް ކުޅު ޖަހައިފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އޭނާ މި ވިޔާނުދާ ޢަމަލު ކުރުމުން މިސްކިތް ތެރޭ އެ ވަގުތު ތިބި ބައެއް މީހުން ވަނީ އޭނާގެ ގައިގައި ތަޅާ، ފުލުހުންނާ ހަވާލު ކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާލޭގައި ހުންނަ މަސްޖިދުލް އިބްރާހިމް މިސްކިތަށް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލައެއްގައި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު 4:03 ހައިއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން  މިފަހަރު ވެސް ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔުމުން ވެސް ދޫކޮށްލައިފައިވާ ހަސަން ޒިޔާދު، މިއަދު މިސްކިތެއް ތެރެއަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން އާންމުންގެ ގިނަ ބަޔަކު އަންނަނީ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ގޮވައިލައި، ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

މިސްކިތެއް ތެރެއަށް ޒިޔާދު ކުޑަކަމުދިޔަ މައްސަލަ އެންމެ ފުރަތަަމަ ފެންމަތިވީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް