ކޮވިޑް-19 އަދާހަމަ: ފައްސިވީ އަދަދުތައް މިއަދު ވެސް 200އާ ގާތް ކުރޭ!

ރާއްޖެއިން މިއަދު އިތުރު 182 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 24 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 124 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 34 މީހަކު މި ބައްޔަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 88،817 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 86،559 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 26 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 245 މީހުން ނިޔާވެފައި ވެއެވެ.