މެދުއިރުމަތި

އަބޫދާބީގައި ޣައިރު މުސްލިމުން ކައިވެނިކޮށްދޭން ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަބޫދާބީގައި ކައިވެނި ކުރުމާއި ވަރި ކުރުމާއި ވާރުތަ ކުރުން ހިމެނޭ ގޮތަށް ޣައިރު މުސްލިމުންނަށް އާއިލީ ކަންކަމާ ގުޅޭ ގޮތުން އައު ގާނޫނެއް ހަދައިފިއެވެ.

ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން، އަބޫދާބީގެ ވެރިރަށް އަބޫދާބީގެ ވެރިޔާގެ ހައިސިއްޔަތުން މިއަދު ވަނީ، އެ އިޚްތިޞާޞްގައި ހިމެނޭ ޣައިރު މުސްލިމުންނާ ގުޅޭ އައު ގާނޫނެއް ތަޝްދީދު ކުރައްވާފައެވެ.

މި ޤާނޫނަކީ ޣައިރު މުސްލިމުންގެ ދެބަސްވުންތައް ހައްލު ކުރުމަށް ހެދުނު ޤާނޫނެވެ. އައު ގާނޫނުގައި 20 މާއްދާއެއް އެކުލެވިގެންވާއިރު، ވަރިއާއި، މަދަނީ ކައިވެނިތަކާއި، ދަރިންގެ ޖޮއިންޓް ކަސްޓަޑީއާއި ވާރުތަ މުދާ ބަހާނެ ގޮތް ހިމަނައިފައި ވެއެވެ.

މިހާރު އަބޫދާބީގައި އަމަލު ކުރަމުން އަންނަނީ އިސްލާމީ ޝަރީއާއަށެވެ. އަދި މުސްލިމެއް ނޫން ނަމަވެސް، ކައިވެނި ކުރުމާއި ވަރިކުރުމާއި މުދާ ބަހާނެ ގޮތް ފަދަ ކަންކަން ކޯޓުން ކުރާނަމަ ކުރަން ޖެހޭނީ އިސްލާމީ ޝަރީއާގެ މަތިންނެވެ.

މިހާރު އަބޫދާބީގައި ހުރި ހުރިހާ ކޯޓުތަކަކީ ވެސް ޝަރީއާގެ ކޯޓުތަކެވެ. އެހެން ނަމަވެސް އައު ޤާނޫނާ އެކު، ޣައިރު މުސްލިމުންނަށް ޚާއްސަ ކޯޓެއް ހަދަން ޖެހޭނެއެވެ. އަދި އެ ކޯޓް ކުރިޔަށްދާނީ، އަރަބި އަދި އިނގެރޭސި ބަހުން، އެ މީހަކު އިޚްތިޔާރު ކުރަން ބޭނުންވާ ބަހަކުންނެވެ.

މި ޤާނޫނުގެ ސަބަބުން އެމިރޭޓްސްގެ ވާދަވެރިކަން ދުނިޔޭގައި އިތުރުވެ، ހުނަރުވެރިން އަބޫދާބީ ޚިޔާރު ކުރާނެ ކަމަށް ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.

ޔޫއޭއީއިން މިދިޔަ އަހަރު ފެޑެރަލް ލެވެލްގައި ގާނޫނީ ގިނަ ބަދަލުތަކެއް ތައާރަފުކުރިއެވެ. އޭގެ ތެރޭގައި ޒިނޭ ހުއްދަ ކުރުމާއި ބަނގުރާ ބުއިން ހުއްދަ ކުރުން ހިމެނެއެވެ. ޔޫއޭއިން ބުނީ އެޤައުމުން މަސައްކަތް ކުރަނީ، ވީހައި ވެސް ހުޅުވައިލެވިފައިވާ ޤައުމަކަށް އެޤައުމު ހެދުމަށް ކަމަށެވެ. އެއާއެކު، މުސްލިމް ޤައުމުތަކުގެ ފާޑު ކިޔުން އެ ޤައުމުގެ ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

Ads by HDC
  1. މިނާޒް

    މިކަހަލަ ތަރައްޤީއެއް ބޭނުމެއްނޫން.

    • ތިނޯސް

      މިއަދު ތަރައްގީ ގެނެވޭނީ މިފަދަ ގޮތަކުން. ނަމަވެސް ސައްތައިންސައްތަ މުސްލިމްވަންތަ ކަމަކީ ތަރައްގީ ނުލިބުނަސް ގެއްލުވައިފިނަމަ އެއަށް އެންމެން ޖަވާބުދާރީ ވާންޖެހޭނެ ކަމެއް. އަބޫދާބީ އަކީ އެކިދީންތަކުގެ މީހުން އުޅޭތަނެއްކަމުން އެތާގައި އައިރުބާގައިގެ މީހުނަށް އުޅެވޭނެހެން ގާނޫން ހެދިފަހުރުމަކީ އިންސާނީ ނަޒަރިއްޔާތުން މައްސަލައެއްނޫން. އެމީހުންނަށް ގަދަވެގެންވާ އަޒާބު ދެއްވާނެކަން ﷲ ތައާލާ ވަނީ އަންގަވާފަ.

  2. ހަވާސާ އިބޫ

    މިއީނޫންތޯ އެމްޑީޕީން މިގައުމަށް ގެންނަން އުޅޭތަރައްގީޔަކީ ތިޔަ އަބޫދާބީގައި ފިރިހެންކުޅިވެސް އާންމުވާންފަށައިފި!