Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ށ. އަތޮޅު ހޮސްޕިޓަލުގައި ޕޯޓަބަލް ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ފަށަނީ!

ށ. އަތޮޅު ހޮސްޕިޓަލުގައި ޕޯޓަބަލް ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ފަށަނީ!

ށ.އަތޮޅު ހޮސްޕިޓަލްގައި ޕޯރޓެބަލް ޑިޖިޓަލް އެކްސްރޭގެ ހިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށާއި މި ހިދުމަތް ފެށުމުން އެކްސްރޭގެ ފެންވަރު ވަރަށް ބޮޑު ތަނުން ރަނގަޅުވެ، ފަރުވާ ދިނުމުގައި ޑޮކްޓަރުންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތު ސާވިސަސް އަހުމަދު ޒުމްރަތު ވިދާޅުވީ ޕޯޓަބަލް ޑިޖިޓަލް އެކްސްރޭގެ ހިދުމަތް އަންނަ އަހަރު ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެ ހޮސްޕިޓަލުގައި މިހާރު ހުރި އެކްސްރޭ މެޝިނަކީ ދުވަސްވުމުގެ ސަބަބުން ކައްޓަށް ލިބިފައިވާ ގެއްލުންތައް ވެސް ނޭނގޭވަރުގެ މެޝިނެއްކަމަށެވެ.

"މި ހިދުމަތް ފެށުމުން އެކްސްރޭގެ ފެންވަރު ވަރަށް ބޮޑު ތަނުން ރަނގަޅުވެ، ފަރުވާ ދިނުމުގައި ޑޮކްޓަރުންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ. މިހާރު ހުރި އެކްސްރޭ މެޝިނުން ކައްޓަށް ލިބިފައިވާ ގެއްލުން ވެސް ނޭނގޭ. ދެން މިއީ ޕޯޓަބަލް އެއްޗެއް ވީމަ އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ވެސް ފަސޭހަވާނެ ބެޑްގައި އޮވެގެން އެކްސްރޭ ނެގޭނެތީ" ޒުމްރަތު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އިތުރަށް ވާހަކަ ދައްކަވަމުން ޒުމްރަތު ވިދާޅުވީ 2019ގެ ފަހުން އެ ހޮސްޕިޓަލުގައި އިތުރު، އައު 4 ސްޕެޝިއަލިޓީގެ ހިދުމަތް ފެށިފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލުތަކުގެ ތެރެއިން އިންފާޓިލިޓީ ޓެސްޓްތައް ހެދޭ ހަމައެކަނި ހޮސްޕިޓަލުކަމަށާއި އަތޮޅު ތެރެއިން ދެން މި ޓެސްޓްތައް ހެދޭނީ ރީޖަނަލް ހޮސްޕިޓަލުތަކުން ކަމަށެވެ.

މީގެ އިތުރުން ޒުމްރަތު ވިދާޅުވީ ހޮސްޕިޓަލުގެ އެކްޓެންޝަންގެ މަސައްކަތް ހަވާލުކުރުމަށް ސޮއިކުރުން މިއަދު ނޫނީ މާދަމާ ކުރިއަށް ގެންދާނެކަމަށާއި އަލަށް އިތުރު ކުރާ ބަައިގައި ޑަޔަލިސިސް ޑިޕާޓްމަންޓްއެއް ވެސް ހެދޭނެކަމަށެވެ.

ހޮސްޕިޓަލަށް ލިބިފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ ށ.ފުނަދޫގައި ހުންނަނީ ރައްޔިތުންގެ އިންޖީނުގެއެއް ކަމަށާއި އެ ރަށުން ކަރަންޓު ދިޔުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ރަށުން ކަރަންޓް ކެނޑުމާ އެކު އޮޓޯއިން ހޮސްޕިޓަލަށް ކަރަންޓު ލިބޭ ސިސްޓަމެއް ހޮސްޕިޓަލުގައި ގާއިމް ކޮށްފައިވާކަމަށާއި އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ކާމިޔާބެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް