ރާއްޖޭގައި ވަޒީފާ ނެތް މީހުންނަށް އެލަވަންސެއް ދެނީ

ރާއްޖޭގައި ވަޒީފާ ނެތް މީހުންނަށް އެލަވަންސެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިމަން ވޭޖް އިޢުލާންކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ "އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމެއް" ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އުއްމީދަކީ 2022ވަނަ އަހަރު ޕައިލެޓް ޕްރޮގްރާމް ފެށިގެންދިޔުން ކަމަށެވެ. އަދި މި ސްކީމާ ގުޅޭ ގޮތުން އެކި އެކި ސްޓޭކް ހޯލްޑަރުންނާ ވާހަކަދެކެވެމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ސްކީމް ތައާރަފްކުރުމަށް، ވޯލްޑް ބޭންކާއެކު މަސައްކަތްކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީފާގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ބަދަލުތަކާ އެކު ރާއްޖޭގެ ވަޒީފާގެ މާޙައުލަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި މި ހަފުލާގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ޤަރާރުގައި މިނިސްޓަރު ފައްޔާޒު ވަނީ ސޮއިކުރައްވައިފައެވެ.
ތިކަންވެއްޖެއްޔާ ރަނގަޅު އެންހާސް ރުފިޔާ ނަމަވެސް އޯކޭ