Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕޮލީޓެކްނިކްގައި ބޭނުން ކުރާ އެކުއިޕްމެންޓް އަޕްގްރޭންޑް ކުރަން ޖަޕާނުގެ އެހީއެއް

ޕޮލީޓެކްނިކްގައި ބޭނުން ކުރާ އެކުއިޕްމެންޓް އަޕްގްރޭންޑް ކުރަން ޖަޕާނުގެ އެހީއެއް

އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްދޭ އިންސްޓިޓިއުޓެއް ކަމަށްވާ މޯލްޑިވްސް ޕޮލީޓެކްނިކްގައި ބޭނުން ކުރާ ބައެއް އެކުއިޕްމެންޓް އަޕްގްރޭޑް ކުރުމަށް ޖަޕާނު ސަރުކާރުން އެ އިންސްޓިޓިއުޓަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޖަޕާނުގެ ފަރާތުން މިފަހަރު އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މޯލްޑިވްސް ޕޮލީޓެކްނިކްގެ "ރެފްރިޖެރޭޝަން އެންޑް އެއާކޮންޑިޝަނިންގް" ޑިޕާޓްމަންޓުގައި ބޭނުން ކުރަމުންދާ ބައެއް އެކުއިޕްމަންޓް އަޕްގްރޭޑު ކުރުމަށެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީއާއި މޯލްޑިވްސް ޕޮލީޓެކްނިކްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި ޖަޕާނު އެމްބަސީގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު ކެއިކޯ ޔަނާއީއެވެ. މޯލްޑިވްސް ޕޮލީޓެކްނިކްގެ ފަރާތުން ސޮއި ކުރެެއްވީ އެ އިންސްޓިޓިއުޓްގެ ސީއީއޯ އަޙްމަދު ނާސިހްއެވެ.

Advertisement
Allied — Dhen Online (box)

"ޖަޕާން އެމްބަސީއާ ގުޅިގެން ކޮންޓްރެކްޓް މި ކުރެވެނީ އަޅުގަނޑުމެންގެ ރެފްރިޖެރޭޝަން ޕްރޮގްރާމްތައް ހިންގަންވެގެން (އެ ކޯސްތަކަށް ބޭނުންވާ) އެކުއިޕްމެންްޓް އަޕްގްރޭޑް ކުރަން އެހީހޯދުމަށް. އެ ގްރޭންޑަކީ އެކަމަށް ޖަޕާނު އެމްބަސީން ދޭ އެހީއެއް" މޯލްޑިވްސް ޕޮލީޓެކްނިކްގެ ޑިރެކްޓަރ އޮފް އެކެޑެމިކް މަރިޔަމް ހުޝްމާ ވިދާޅުވިއެވެ.

ހުޝްމާ ވިދާޅުވީ، މިވަގުތު އެ އިންސްޓިޓިއުޓުގައި ބޭނުން ކުރާ އެކުއިޕްމަންޓުތަކަށް 20 ވަރަކަށް އަހަރު ވެދާނެ ކަމަށާއި އެހެންކަމުން ޖަޕާނުން މި ދޭ ގްރޭންޑުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް މޯލްޑިވްސް ޕޮލޯޓިކްނިކަށް ލިބިގެންދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް