Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައްޔިތުން އެދޭ ނަމަ ނިޒާމާ ބެހޭ ބަހުސްގައި ބައިވެރިވާނަން: އޭޕީ

ރައްޔިތުން އެދޭ ނަމަ ނިޒާމާ ބެހޭ ބަހުސްގައި ބައިވެރިވާނަން: އޭޕީ

ރައްޔިތުން އެދޭ ނަމަ ނިޒާމާ ބެހޭ ބަހުސްގައި އަދާލަތު ޕާޓީން ބައިވެރިވާނެ ކަމަށާއި މިހައިތަނަށް އެއްވެސް ފަރާތަކާ އެއްބަސްވުމަކަށް އާދެވިފައި ނެތް ކަމަށް އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.

“ދެން”އަށް މަޢުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ ތަރުޖަމާނު، އަލީ ނަޒީރު ވިދާޅުވީ ނިޒާމް ބަދަލުކުރުމަށް ވުރެ އެ ޕާޓީން މިވަގުތު އިސްކަން ދެނީ 2023ގެ އިންތިޙާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ވައުދު ފުއްދުމަށް ކަމަށެވެ. އެހެން ނަމަވެސް “ރައްޔިތުން އެދޭނަމަ ނިޒާމާ ބެހޭ ބަހުސްގައި ބައިވެރިވާނެ” ނަޒީރު ވިދާޅުވިއެެވެ.

މީގެ އިތުރުން ނަޒީރު ވިދާޅުވީ މިހައިތަނަށް ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން އެއްވެސް ފަރާތަކާ އެކު ވަކި ގޮތަކަށް އެއްބަސްވުމަކަށް އާދެވިފައި ނެތް ކަމަށާއި 2008ވަނަ އަހަރުގެ ނިޒާމީ ވޯޓުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް އޭރު އަދާލަތު ޕާޓީން ނިންމި ނިންމުމަށް ފަހު މިހައިތަނަށް އެކަމާ ގުޅޭ އިތުރު ނިންމުމެއް ނިންމައިފައި ނެތް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަދާލަތު ޕާޓިން މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމާ މެދު ގޮތެއް ނިންމަން އަންނަ ނޮވެމްބަރު މަހު ވޯޓެއް ނަގަން ސިޔާސީ ޕާޓީތަކުން އެއްބަސްވެއްޖެ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނީ އަންނަ އަހަރުގެ ނޮވެމްބަރުގައި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް