Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޤާސިމާއި، އަދާލަތަށް ވެރިކަމުގެ ފުރުޞަތު ބޮޑުވާނީ ބަރުލަމާނީ އޮވެގެން: ވަކީލު ނިޝާން

ޤާސިމާއި، އަދާލަތަށް ވެރިކަމުގެ ފުރުޞަތު ބޮޑުވާނީ ބަރުލަމާނީ އޮވެގެން: ވަކީލު ނިޝާން

ދިވެހިރާއްޖޭގެ ވެރިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް ވަޑައިގަނެވޭނެ މަގު ބޮޑަށް އޮތީ ބަރުލަމާނީ ނިޒާމެއްގަައި ކަމަށާއި، ހަމަ މިފަދައިން އަދާލަތު ޕާޓީއާއި ކާނަލް ނާޒިމް އިސްވެ ހުންނަވައިގެން އުފައްދާފައިވާ އެމްއެންޕީއަށް ވެސް ވެރިކަމަށް ވަޑައިގަނެވޭނެ ދޮރު ފަސޭހައިން ހުޅުވޭނީ ނިޒާމު ބަދަލުކޮށް ބަރުލަމާނީއަށް ގޮސްގެންކަމަށް ބަރުލަމާނީ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވަކީލު މުޙަައްމަދު ނިޝާން އިބްރާހީމް ހާމަކުރައްވައިފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން ވަކީލު ނިޝާން ވިދާޅުވީ، ދިވެހި ރާއްޖޭގައި ހެޔޮނިޔަތުގައި އިހުލާސްތެރިކަމާ އެކު ވެރިކަން ކުރައްވަން ނިޔަތް ގަނެފި ކޮންމެ ލީޑަރަކު ވެސް ބަރުލަމާނީއަށް ތާއީދުކުރާނެކަމަށާއި، ބަރުލަމާނީއަކީ ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނެފައިވާ ނިޒާމެއް ކަމަށެވެ.

"އަޅުގަނޑުމެން ރިޔާސީ ނިޒާމުގެ ކޮރަޕްޝަންތަަކުގައި ފިތި ބާރުވެއްޖެ. މިހެން ތިބެގެން މިކަމަށް ނިމުމެއް ވެސް ނާންނާނެ. މިހެން ނިދައިފައި ތިބެއްްޖެ ނަމަ ކޮރަޕްޝަނާއި ފަސާދަ ފާލުން ނެތި ލޮލުކޮޅަށް އޮބާނެ" ވަކީލު ނިޝާން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ނިޝާން ވިދާޅުވީ ރިޔާސީ ނިޒާމެއްގައި މިފެންނަނީ "އޮލިގާޗީ" ނިޒާމެއްކަމަށާއި އެއީ އާއިލީ ރިޔާސީ ގޮތް ކަމަށެވެ.

ނިޝާން ވިދާޅުވީ، ބަރުލަމާނީއެއްް އައިސްފިނަމަ ޤާސިމަށް ވެސް އަދި އަދާލަތާއި އެމްއެންޕީއަށް ވެސް ވެރިކަމަށް އާދެވުމުގެ ފުރުޞަތު ބޮޑުވާނެ ކަމަށާއި، ރަށްޔިތުންނަށް އިހުލާސްތެރި ކަމާ އެކު ހިދުމަތްކުރަން އެ ބޭފުޅުންނަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި ނިޒާމަށް ދެކޮޅު ހައްދަވާ ނަމަ އެ ފުރުސަތަށް ފުރަގަސް ދެވެނީ ކަމަށާއި ފުރުސަތަކީ އަބަދު ހުޅުވިފައި އޮންނަ އެއްޗެއް ނޫންކަން ވެސް ނިޝާން ފާހަގަކުރެއްވިއެވެ.

"ރިޔާސީ ނިޒާމެއްްގެ ތެރެއިން އެތައް ލީޑަރުންނެއް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ތަން ފެނިގެން ގޮސްފި. އެބޭފުޅުންގެ ތެދުވެރި ނިޔަތް އޮތަސް ހެޔޮ ނިޔަތުގައި ވެރިކަމާއި ހަމައަށް އަތް ފޯރައިފައި ނުވަނީ ރިޔާސީ ނިޒާމުގެ އަނދަވަޅުގެ ސަބަބުން. ރިޔާސީ ނިޒާމުގައި ޖަހައިފައިވާ ދަންތޫރަތަކުގައި އެބޭބޭފުޅުން ކޮންމެ ފަހަރަކު ވެސް ޖެހި ހަލާކު ވަނީ. މިކަންކަމުން އިބުރަތް ހާޞިލުކޮށް އޮނަރަބުލް ޤާސިމް ވެސް އަދާލަތު ވެސް އަދި އެމްއެންޕީވެސް އަދި ޕީޕީއެމް ވެސް ނިޒާމު ބަދަލުކުރުމަށް މަސައްްކަތްކުރަން ވެއްޖެ" ވަކީލު ނިޝާން އިތުރަށް ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް ވެސް ނިޒާމު ބަދަލުކުރަން މަސައްްކަތްކުރަން ވެއްޖެކަމަށާއި، އެހެން ނޫނީ ރަށްޔިތުންނާއި ޤައުމަށް ހެޔޮގޮތެއް ނުފެންނާނެ ކަމަށެވެ.

ރިޔާސީ ނިޒާމު އޮތްހައި ދުވަހަކު އޮލިގާޗީ ނެތިގެން ނުދާނެ ކަމަށާއި، ރަނގަޅު ލާމަރުކަޒީ ނިޒާމެއް ވެސް ނުފެންނާނެ ކަމަށް އަދި މިރާއްޖޭގައި އުފެދިފައިވާ ގުދުރަތީ ނިޒާމާއި ރިޔާސީ ނިޒާމު ތައާރަޟްވާކަމަށް ވެސް ނިޝާން ހާމަކުރެއްވިއެވެ.

މިރާއްޖެއަކީ ގުދުރަތީ ލާމަރުކަޒެއް އޮތް ތަނެއް ކަމަށާއި، އެކަމަށް ޤާނޫނީ ބުރަދަން ދެވޭނީ ފެޑެރަލް ބަރުލަމާނީއެއްގައި ކަމަށް ވިދާޅުވަމުން ވަކީލު ނިޝާން އިތުރަށް ވިދާޅުވީ، އެމްޑީޕީއަށާއި އަދި އެހެން ސިޔާސީ ބޭފުޅުންނާއި، ގައުމަށް މޮޅުވާން އޮތީ ނިޒާމު ބަދަލުކޮށްގެން ކަމަށެވެ.

"މިއުޅެނީ ވަކި މީހަކު ވެރިކަމަށް ގެންނާކަށް ނޫން މިއުޅެނީ ރައްޔިތުން އެދޭ މީހަކު ވެރިކަމަށް ގެންނަންވެގެން" ނިޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ، ނިމިދިޔަ ރިޔާސީ ކޮންމެ އިންތިހާބެއްގައި ވެރިކަމަށް އައިސްފައި ވަނީ ރައްޔިތުން ސީދާ ބޭނުންވި މީހާއެއް ނޫން ކަމަށާއި ހޮވިފައި ވަނީ އިންތިހާބުގައި ދެވަނައަށް ދިޔަ މީހާ ދެވަނަ ބުރުން ކަމަށެވެ. އަދި އެއީ ބޭނުންވާ ގޮތެއް ނޫންކަމަށް ވެސް ނިޝާން ފާހަގަކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް