Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޓްރެފިކް ޖޫރިމަނާއާ މެދު ހިތްހަމަ ނުޖެހޭ ނަމަ ޝަކުވާ ހުށަހެޅޭ ގޮތަށް ޤަވާއިދު އިސްލާޙްކޮށްފި

ޓްރެފިކް ޖޫރިމަނާއާ މެދު ހިތްހަމަ ނުޖެހޭ ނަމަ ޝަކުވާ ހުށަހެޅޭ ގޮތަށް ޤަވާއިދު އިސްލާޙްކޮށްފި
އެއްގަމު ދަތުރުފަތުރު ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭ "ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅުމާ ބެހޭ ޤަވާއިދު" އާއްމުކޮށްފިއެވެ. މިއަދު ގެޒެޓްކޮށް، އަމަލު ކުރަން ފެށި މި ޤަވާއިދުގެ ދަށުން  ޖޫރިމަނާއެއް ދަައްކަން ޖެހޭ ކޮންމެ މީހަކަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު ވަނީ ކަށަވަރުކޮށްދީފައެވެ. މި ޤަވާއިދުގެ ދަށުން، ޝަކުވާ ހުށަހަޅަން ބޭނުން ނަމަ ޖޫރިމަނާކުރެވުނު ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅަން ޖެހެއެވެ. ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅޭ ހާލަތްތަކެއް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެއީ؛
  1. ޖޫރިމަނާއެއް ކުރެވިދާނެކަމުގައި ބަޔާންކޮށްފައި ނުވާ ހާލަތެއްގައި ކަމަށް ވުން
  2. ޖޫރިމަނާ ކުރަން ޖެހޭ ހާލަތު ނުވަތަ ސަބަބެއް ޙަޤީޤަތުގައި މެދުވެރިވެފައި ނެތުން
  3. ޖޫރިމަނާ ކޮށްފައި ވަނީ، ޖޫރިމަނާ ކުރަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއްކަމުގައި ވުން
  4. ޖޫރިމަނާގެ އަދަދަކީ ޖޫރިމަނާ ކުރެވުނު ފަރާތް ކުރި އަމަލާ ގުޅިގެން އެ ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރަންޖެހޭ ސައްޙަ އަދަދު ކަމަށް ނުވުން
  5. އެއްގަމު ދަތުރުފަތުރުގެ ގާނޫނުއާއި ޚިލާފު އަމަލު ހިނގައިފައި ވަނީ ޖޫރިމަނާކުރެވުނު ފަރާތުގެ އަމިއްލަ ބާރު ނުފޯރާ ފަދަ މަގްބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައިވުން
މަތީގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޝަކުވާ ހުށަހެޅޭނެއެވެ. ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ދޫކުރާ ފޯމެއް ފުރަން ޖެހެއެވެ. މި ފޯމް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް