ބޮލީވުޑް މުނިފޫހިފިލުވުން

ކެޓްރީނާއާއި ވިކީ ކައިވެނި ކުރަން ނިންމީ ތާރީޚީ ގަނޑުވަރެއްގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދުވަސްކޮޅު ބޮލީވުޑްގައި އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކައަކީ ކެޓްރީނާ ކެއިފްއާއި ވިކީ ކޯޝަލްގެ ކައިވެނީގެ ވާހަކައެވެ.

Ads by Sosun Fihaara

މި އަހަރުގެ ޑިސެމްބަރު މަހު މި ދެތަރިން ކައިވެނި ކުރަން އުޅޭ ވާހަކަ ދެކެވެމުންދާއިރު، ކެޓްރީނާއާއި ވިކީގެ ކައިވެނީގެ ހަފްލާ ބާއްވާ ތަނަކާ މެދު ވެސް ގިނަ ބަޔަކު ވަނީ ސުވާލު ކޮށްފައެވެ.

ބޮލީވުޑްގެ މަޝްހޫރު ގިނަ އެކްޓަރުން ބޭރު ޤައުމުތަކުގައި ކައިވެނި ކުރުމުން، ގިނަ ބަޔަކު ހީކުރީ ކެޓްރީނާއާއި ވިކީގެ ކައިވެނި ވެސް ބާއްވާނީ ބޭރު ޤައުމެއްގައި ކަމަށެވެ. ނަމަވެސް ކެޓްރީނާގެ ގާތް މީހަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެ ދެތަރިން ކައިވެނި ކުރަން ހަމަޖެހިފައި ވަނީ ރާޖެސްތާނުގައި ހުރި ތާރީހީ ގަނޑުވަރެއްގައި ކަމަށެވެ. އެ ގަނޑުވަރަކީ 700 އަހަރުވީ ގަނޑުވަރެއް ކަމަށާއި މިއީ ތާރީހީ އަދި ވަރަށް ޝާހީ ގަނޑުވަރެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކެޓްރީނާއާއި ވިކީގެ ކައިވެނީގެ އެކި ހަފްލާތައް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 7އިން 12އަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!