ޚަބަރު

ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖަކު ނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދު ނިޔާވި ކުއްޖާ | ކުއްޖާ ނިޔާވީ ކޮނޑު ތާށިވެގެން ކަމަށް ހޮސްޕިޓަލުން ބުނޭ

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި މާބަނޑު އަންހެނަކު ވިއްސަން އުޅުމުގެ ތެރޭގައި ތުއްތު ކުއްޖާ ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިއަދުގެ ފަތިހުގެ ވަގުތެއްގައި ، އެ ކުއްޖާ ނިޔާވުމަށް މެދުވެރިވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ (ޝޯލްޑަރ ޑިސްޓޯޝިއާ)، ދިމާވި ކޮމްޕްލިކޭޝަންގެ ސަބަބުން ކަމަށެވެ.

ހޮސްޕިޓަލުން ވިދާޅުވީ، މިހާދިސާގައި ކުއްޖާ ވިއްސުމަށް ފަހު ތުއްތު ދަރިފުޅު ރިސަސިޓޭޓް ކުރެވިފައިވާ ކަމަށާއި، ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވާގޮތް ނުވި ކަމަށެވެ. އަދި މިއީ ވިއްސާ އިރު މަދުން ދިމާވާ ހާލަތެއް ކަމަށް ބަޔާނުގައިވެއެވެ.

"ޝޯލްޑަރ ޑިސްޓޯޝިއާއަކީ މަދުން ނަމަވެސް ދިމާވުމުން، އޭގެ ސަބަބުން މައިމީހާއާއި ކުއްޖާއަށް ނުރައްކާވާ ހާލަތެއް" އެ ބަޔާނުގައި ވެއެވެ.

ހޮސްޕިޓަލުން އިތުރަށް ވިދާޅުވީ މި ހާދިސާއާ ގުޅިގެން، ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި އެ ހާދިސާއެއް ބަލައި އެއާ ގުޅިގެން އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމެއް ވާނަމަ އެކަން ފާހަގަކޮށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

  1. މޯޑް

    ތީ ބޮޑު އިހުމާލެއް. މަހުން މަހަށް ޤަވާއިދުން ޑޮކްޓަރަށް ދައްކާ، ސްކޭން ހަދާއިރު ކުއްޖާގެ ހާލަތު އެނގެންޖެހޭނެ. ވިއްސަން އުޅޭނީތޯ، ސިޒޭރިއަން ހަދާނީތޯ ނިމިފާ އޮންނަން ޖެހޭނީ.