Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް-19 އަދާހަމަ: އަދަދުތައް އަދިވެސް ދަނީ މައްޗަށް!

ކޮވިޑް-19 އަދާހަމަ: އަދަދުތައް އަދިވެސް ދަނީ މައްޗަށް!

ރާއްޖެއިން މިއަދު އިތުރު 184 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 11 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 141 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 27 މީހަކު މި ބައްޔަށް ފައްސި ވެފައިވެއެވެ. އަދި ކަނޑު އުޅަނދުފަހަރުން 5 މީހަކު ވެސް މިއަދު ވަނީ ކޮވިޑަށް ފައްސި ވެފައެވެ.

Advertisement
HDC — Sidebar (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 89،713 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 87،225 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 13 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 247 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް