Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑްގައި މިއަދު ވެސް 7 ރަށެއް މޮނީޓަރިންއަށް!

ކޮވިޑްގައި މިއަދު ވެސް 7 ރަށެއް މޮނީޓަރިންއަށް!

ކޮވިޑްގެ ވޭދަނަތައް ފެނިގެން އަތޮޅުތަކުގެ ގިނަ ރަށްތަކެއް މިއަދު މޮނީޓަރިންގއަށް ލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ 7 ރަށެއް މިއަދު މޮނިޓްރިންއަށް ލައިފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ރ.އަލިފުއްޓާއި، ދ.މާއެނބޫދުއާއި، ފ.ބިލެއްދުއާއި، ގއ.މާމެންދުއާއި، ގދ.ފަރެސްމާތޮޑާއާއި ނ.ކުޑަފަރި އަދި ވެލިދޫއެވެ.

މި 7 ރަށާ އެކު މިވަގުތު ރާއްޖޭގައި އެޗްޕީއޭއިން އަރައި ފޭބުން މަނާކޮށްފައިވާ ރަށްރަށުގެ އަދަދު ވަނީ 31އަށް އަރައިފައެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19އަށް ފައްސިވަމުން އަންނަ އަދަދުތައް މަދުވި ނަމަވެސް ފާއިތުވެދިޔަ ހަފްތާގައި ފައްސިވި އަދަދު އުޅެނީ ދުވާލަކަށް 100އިން މަތީގައެވެ. މާލެއިން ބައްޔަށް ފައްސިވާ މީހުންގެ ޢަދަދު ހިފެހެއްޓިފައިވާއިރު އަތޮޅުތަކުގެ ރަށްތަކުން ކޮވިޑަށް ފައްސިވާ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 89،713 މީހުންނެވެ. ބަލިން ފަސޭހަވެފައި ވަނީ 87،225 މީހުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް