Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަރުވެ، ކުނިވެފައި އޮތް މީހަކު މާލޭ ގެއަކުން ފެނިއްޖެ

މަރުވެ، ކުނިވެފައި އޮތް މީހަކު މާލޭ ގެއަކުން ފެނިއްޖެ

މާލޭ ގެއަކުން ، މަރުވެ، ކުނިވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މައްޗަންގޯޅީގައި ހުރި ފަޅު ގެއަކުން ކުނިވަސް ދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 3:42 ހާއިރު ފުލުހުން ގޮސް ބެލިއިރު، މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާ ކަމަށެވެ.

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ ބުރުޒުމަގުގައި ހުންނަ  މއ. އާފަލުގޭ ތެރެއިންނެވެ.

Advertisement
Ooredoo — Square (box)

މިކަމާ ގުޅިގެން ފުލުހުން މިހާރު ވެސް ދަނީ ސީންގައި ހަރަކާތްތެރި ވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މަރުވެފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް