Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަސްވެރިއެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފި

މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ހާލު ދެރަވި އިތުރު މަސްވެރިއަކަށް ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ތިނަދޫއަށް ގެނެސްފައި ވަނީ މިރޭ 20:45 ހާއިރުއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން “ދެންއަށް މަޢުލޫމާތު ދެމުން ބުނީ އެމްއެންޑީއެފްގެ އެހީގައި މިރޭ އެ ހޮސްޕިޓަލަށް ބަނޑުގައި ރިއްސައި ނޭވާލާން އުނދަގޫވެގެން އުމުރުން 59އަހަރުގެ ފިރިހެނެއް ގެންގޮސްފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މިހާރު އޭނާއަށް ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

”ދެން”އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހާލު ދެރަވެގެން އިތުރު ފަރުވާއަށް ތިނަދޫއަށް ގެންގޮސްފައި ވަނީ ތިނަދޫ "ވެހެލި" ދޯނީގެ ފަޅުވެރިއެކެވެ.

މިއީ މިއަދު ތިނަދޫން ރިޕޯޓްކުރެވުނު ދެވަނަ ހާދިސާއެވެ. މިއަދު ރިޕޯޓްކުރި މިފަދަ ފުރަތަމަ ހާދިސާގައި ތިނަދޫން މަހަށް ގޮސް އުޅުނު މީހަކު ސްޓްރޯކެއް ޖެހިގެން ވަނީ ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް