Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބިޑްކުރުމެއް ނެތި ތިމަރަފުށީން ވިޔަފާރިއަށް ބިން ދޫކުރަނީ!

ބިޑްކުރުމެއް ނެތި ތިމަރަފުށީން ވިޔަފާރިއަށް ބިން ދޫކުރަނީ!

ބިޑްނުކޮށް ، ކޮޅުމަޑުލު ތިމަރަފުށިން ވިޔަފާރިއަށް ބިން ދޫކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިމަރަފުށީ ހިއްކި ބިމުން އެ ރަށުގެ ރައްޔިތަކަށް ، ކެފޭއެއް ހިންގުމަށް ބިން ދޫކޮށްފައި ވަނީ ކައުންސިލްގެ ރައީސް އިސްމާޢީލް އިބްރާހިމެވެ.

ތިމަރަފުށީ ބިންތަކާ ގުޅޭ މަސައްކަތް ކުރައްވާ ކައުންސިލަރު ޝާހު ، މިކަމާ ގުޅޭ ގޮތުން ވިދާޅުވީ އެ ރަށު  ލިލީގޭ އަހުމަދު މަނިކަށް ބިމެއް ދީފައިވާ ކަމަށާއި އަދި އެ ބިމުގައި ހަދާ އިމާރާތް ހަތަރު ފޫޓަށް ރާނައިފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

[caption id="attachment_126515" align="alignnone" width="491"]<img class="wp-image-126515" src="https://cdn.dhen.mv/wp-content/uploads/2021/11/CE1E7887-2A33-4AF0-B738-82A5F4823229-300x146.jpeg" alt="" width="491" height="239" /> ބިޑްނުކޮށް ދީފައިވާ ބިމުގައި ރާނައިފައި[/caption]

" އަޅުގަނޑު ކައިރިއަށް އޭނާ އައީ ބިން ދީފައި އޮތްކަމުގެ ލިޔުމެއް ހޯދަން ، ކައުންސިލްގެ ރައީސް ދިން ބިމެކޭ ބުނީ ، އެކަމަކު އޭގެ އެއްވެސް ލިޔެކިޔުމެއް ވެސް ނެތް" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ބިޑު ކުރުމެއް ނެތި ވިޔަފާރި ބިން ދޫނުކުރެވޭނެ ކަމަށާއި ،އަހުމަދު މަނިކަށް ބިން ދޫކުރީ އެތައް ބަޔަކު ބިން ހޯދުމަށް އެދިފައިވަނިކޮށް ކަމަށެވެ.

ތިމަރަފުށީ ކައުންސިލްގެ ފަސް މެމްބަރުންނަކީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ. ރައީސް އިސްމާޢީލް އިބްރާހީމަކީ އެމްޑީޕީ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމްގެ ކޮއްކޮއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް