Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަތޮޅުގެ ހުރިހާ ރަށެއްގެ ބައިވެރިވުމާ އެކު ލާމު އަތޮޅުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަނީ

އަތޮޅުގެ ހުރިހާ ރަށެއްގެ ބައިވެރިވުމާ އެކު ލާމު އަތޮޅުގެ ތަރައްޤީގެ ޕްލޭން އެކުލަވާލަނީ

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭއިން ހަދަން ޖެހޭ ތަރައްޤީ ޕްލޭން ނިންމުމުގެ މަސައްކަތް ލާމު އަތޮޅު ކައުންސިލުން ފަށައިފިއެވެ.

މިއަދު ލާމު އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކާ އެކު ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ.

"ދެން"އަށް މައުލޫމާތު ދެއްމުން ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢިލް އަލީ ވިދާޅުވީ، މިއަދުގެ ބައްދަލުވުމަކީ ޑްރާފްޓް ކުރެވިފައިވާ ތަރައްޤީގެ ޕްލޭން ފައިނަލް ކުރުމަށް ބޭނުންވާ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް ކަމަށެވެ. އަދި ޑްރާފްޓް ކުރި ޕްލޭނަކީ، ހުރިހާ ރަށެއްގެ ހުރިހާ އިދާރާއެއްގެ މަޝްވަރާއާއި ޚިޔާލު ހޯދައިގެން ހެދުނު ޕްލޭނެއް ކަމަށް އިސްމާއިލް އަލީ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"ކޮވިޑް-19ގެ ސަބަބުން އަޅުގަނޑުމެން ފޯރަމްތައް ކުރިޔަށް ގެންދިޔައީ އޮންލައިންކޮށް. މިގޮތުން ހުރިހާ ސްކޫލުތަކަކަށް، ޖަމިއްޔާތަކަށް، ހޮސްޕިޓަލް އަދިވެސް ދެން ހުރި އިދާރާތަކަށް އަމާޒުކޮށް ވަކިވަކިން ފޯރަމް ބާއްވާ ހުރިހާ ބޭފުޅުންގެ މަޝްވަރާ ހޯދިން. މިއީ މުޅި އަތޮޅުގެ ބައިވެރިވުމާ އެކު ޑްރާފްޓް ކުރެވުނު ތަރައްޤީގެ ޕްލޭނެއް" 2022 ވަނަ އަހަރުން 2026 ވަނަ އަހަރަށް އެކުލަވައިލާ ފަސް އަހަރުގެ ޕްލޭންއާ ބެހޭ ގޮތުން އިސްމާއިލް އަލީ ވިދާޅުވިއެވެ.

އިސްމާއިލް އަލީ އިތުރަށް ވިދާޅުވީ، މިއަދުގެ މަޝްވަރާތަކަށް ފަހު، މާދަމާ ތަރައްޤީގެ ޕްލޭން އެއްކޮށް ފައިނަލް ކުރާނެ ކަމަށެވެ. އަދި މިވަގުތު 57 ކަމެއް ތަރައްޤީގެ ޕްލޭންގައި ވާނެ ކަމަށާއި އިތުރު ޚިޔާލެއް މިއަދުގެ ބައްދަލުވުމުން ލިބިއްޖެ ނަމަ، އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

<img class="alignnone wp-image-126592 size-large" src="https://cdn.dhen.mv/wp-content/uploads/2021/11/photo_2021-11-17-12.26.47-1024x768.jpeg" alt="" width="1024" height="768" />

މި ތަރައްޤީގެ ޕްލޭނަކީ ލާމު އަތޮޅަކީ، ނަމޫނާ އަތޮޅަކަށް ހެދުމަށް އަތޮޅު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަރަށް އިސްކަމެއް ދެއްވައިގެން ކައުންސިލުން، އެންމެންގެ ބައިވެރިވުމާ އެކު ކުރަމުން އަންނަ މަސައްކަތެއް ކަމަށް އިސްމާއިލް އަލީ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މުޅި ތަޞައްވުރަކީ ލާމަސީލު ލާމަކަށް ހެދުން. ތަޞައްވަރު ޙާޞިލް ކުރުމަށް ތަރައްޤީގެ ޕްލޭންގައި ހިމެނިފައި ގިނަ ކަންތައްތަކެއް ހުންނާނެ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ލާމަސީލު، ނަމޫނާ މަސައްކަތްތަކެއް ކުރުން" އިސްމާއިލް އަލީ ވިދާޅުވިއެވެ.

ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ޤާނޫނުގައި ބުނެފައި ވަނީ ކައުންސިލުން ހުވާ ކުރާތާ ތިން މަސްދުވަހެވެ. އެހެން ނަމަވެސް ކޮވިޑް-19 ސަބަބުން، ތަރައްޤީގެ ޕްލޭން އެކުލަވާލުން ލަސްކޮށްދޭން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީން ވަނީ ނިންމައިފައެވެ. ބޮޑެތި ބާރުތަކާ އެކު ލާމަރުކަޒީ ގާނޫނު އިސްލާހުކުރި ފަހުން އިންތިޚާބުވި ކައުންސިލަރުން މަގާމާ ހަވާލުވީ މިއަހަރު މެއި މަހުގެ 17 ވަނަ ދުވަހެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް