Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފުވައްމުލަކު އެއާޕޯޓުގެ ދެ މުވައްޒަފަކަށް ހަމަލާދީ ލައްކައެއްހާ ރުފިޔާ ފޭރިގެންފި

ފުވައްމުލަކު އެއާޕޯޓުގެ ދެ މުވައްޒަފަކަށް ހަމަލާދީ ލައްކައެއްހާ ރުފިޔާ ފޭރިގެންފި

ޏ. ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ބިރު ދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފިއެވެ.

އައިއޭއެސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ދެ މުވައްޒަފުންނަށް ހަމަލާދިނީ އިއްޔެގެ ސޭލްސް ނިންމައި ބޭންކަށް ފައިސާ ޖަމާކުރަން ދިޔަ ވަގުތުގައި ކަމަށެވެ.

ފުވައްމުލަކު އެއާޕޯޓުގެ ދެ މުވައްޒަފުން އަތުން ފޭރިގެންފައި ވަނީ ޖުމްލަ 93،850 ރުފިޔާއާއި 448 ޑޮލަރެވެ.

Advertisement
Ooredoo — Square (box)

މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އައިއޭއެސްއިން ބުނެފައިވެއެވެ.

މި ހާދިސާގައި ޒަހަމްވި ދެ މުވައްޒަފުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް