Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެކްސިޑެންޓެއްގައި އަނިޔާވެ، އަންހެނެއްގެ ފައި ބުރިކޮށްލައިފި

އެކްސިޑެންޓެއްގައި އަނިޔާވެ، އަންހެނެއްގެ ފައި ބުރިކޮށްލައިފި

އެކްސިޑެންޓެއްގައި އަނިޔާވި އަންހެނެއްގެ ފައި މިއަދު ބުރިކޮށްލައިފިއެވެ.

ރޭ މާލޭގައި އަންހެނެއްގެ ގައިގައި ޕިކަޕެއް ޖެހި ހިނގި އެ  ނުރައްކާތެރި އެކްސިޑެންޓުގައި އޭނާގެ ވާތު ފައި ބުރިކޮށްފައި ވަނީ އޭނާގެ ފައި ޗިސްވުމާ ގުޅިގެންނެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވިދާޅުވީ އެކްސިޑެންޓްވި ޕިކަޕު ދުއްވަން އިން އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކީ ލައިސަންސް އޮތް މީހެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަނިޔާ ލިބިފައި ވަނީ އުމުރުން 47 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ އެކްސިޓެންޓުގެ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ މަގު ހުރަސްކުރަމުން ގޮސް، ކަންމަތީގައި ހުރި ފާރަކާ އަރާ ހަމަވިތަނާ ޕިކަޕު އައިސް ފާރުގައި ޖެހޭ ތަން ފެނެއެވެ. އެވަގުތު އެ ޕިކަޕާއި ފާރާ ދޭތެރޭގައި އެ އަންހެން މީހާ ތާށިވިއެވެ.

އެކްސިޑެންޓުވި ތަނާ ޕިކަޕު ދުއްވަން އިން މީހާ ނިކުމެ އެ އަންހެން މީހާއަށް އެހީތެރިވާ މަންޒަރު ވެސް ފެނެއެވެ. އެވަގުތު އެ ސަރަޙައްދަށް ގިނަ ބަޔަކު އެއްވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް