Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެކުވެރި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުން މުހިންމު: މާރިޔާ

އެކުވެރި ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުން މުހިންމު: މާރިޔާ

ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި އެކުވެރި ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ދިވެހި ރާއްޖެ، އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ އެކްސަސައިޒް "ދޯސްތީ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިގޮތުން، ޓެރަރިޒަމް، ވަޔަލެންޓް އެކްސްޓްރީމިޒަމް، އިންސާނީ ވަގުފާރި، މަސްތުވާތަކެތީގެ ވިޔަފާރި، ކަނޑުފޭރުން، އައިޔޫޔޫ ފިޝިން، ސްމްގްލިން އަދި މަނީ ލޯންޑަރިން މި ސަރަހައްދުގައި ހިނގާ ކަމަށް ވިދާޅުވެ، މާރިޔާ ވިދާޅުވީ، ސަރަހައްދުގެ ސަލާމާތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަނޑުގެ ވަސީލަތްތައް އިތުރުކޮށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެކްސަޒައިޒް ދޯސްތީއަކީ 1992ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު އޮންނަ ޕްރޮގްރާމެކެވެ. ލަންކާއިން ދޯސްތީއާ ގުޅުނީ 2012 ވަނަ އަހަރުއެވެ.

މާރިޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެންމެ ގޯސް ހާލަތަށް ތައްޔާރަށް ތިބެން ޖެހޭ ކަމަށާއި, މި އެކްސަސައިޒަކީ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން، އައު ގޮތްތަކަކަށް އަމަލުކުރަން ޖެހޭ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުތަކާއި އިންޓެލިޖެންސް އޭޖެންސީތަކާއި ގައުމުތަކުގެ ޕްރައިވެޓް ސެކްޓާގައި ހުރި ވަސީލަތްތައް، ގުޅިގެން ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް