Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މުރައިދޫގެ ރަސްމީކޮށް އަދި ހަވާލެއް ނުކުރޭ: ރައްޔިތުންގެ މަޖިލިސް

މުރައިދޫގެ ރަސްމީކޮށް އަދި ހަވާލެއް ނުކުރޭ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވުމަށް ދައުލަތުން ހަމަޖެއްސެވި ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި މަޖިލީހުގެ އިދާރާއާ ހަވާލު ކޮށްފިކަމަށް ބުނެ ފެތުރެމުންދާ ޚަބަރު އެ އިދާރާއިން ދޮގުކޮށްފިއެވެ.

މުރައިދޫގޭގެ މަސައްކަތް ނިމި ރައްޔިތުންގެ މަޖިލީހާ ހަވާލު ކޮށްފައިވާ ކަމަށް މިއަދު ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ، މީޑިއާ އެންޑް ކޮމިއުނިކޭޝަން ޙަސަން ޒިޔާއު ވިދާޅުވީ، މުރައިދޫގެ ރައްޔިތުންގެ މަޖިލީހާ އަދި ރަސްމީކޮށް ހަވާލު ނުކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިހެން ވިދާޅުވެފައިވާ އިރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވަނީ، މުރައިދޫގޭގެ މަސައްކަތް އެއްކޮށް ނިންމައި މަޖިލީހާ އިއްޔެ ހަވާލުކުރި ކަމަށް ވިދާޅުވެފައެވެ.

Advertisement
Ooredoo — Truecaller (box)

މަޖިލީހުގެ ރައީސަށް ދައުލަތުން ގެކޮޅެއް ހަމަޖައްސަން ނިންމީ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއަށް ފަހުއެވެ. އޭރު އެ މަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅު ގ.ކެނެރީގޭގައެވެ. ނަމަވެސް އެ ސަހަރައްދުގައި ސެކިއުރިޓީ ދޭން އުނދަގޫކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް