Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އުމުރުން ދުވަސްވީ މީހެއްގެ ފޯނާއި ވޮލެޓު ފޭރިގެންފި

އުމުރުން ދުވަސްވީ މީހެއްގެ ފޯނާއި ވޮލެޓު ފޭރިގެންފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުމުރުން ދުވަސްވީ މީހެއްގެ ފޯނާއި ވޮލެޓު ފޭރިގެންފިއެވެ.

ފުލުހުން ވިދާޅުވީ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެއްގެ ފޯނާއި ވޮލެޓު ފޭރުނު މައްސަލައެއް މިދިޔަ ބުދަ ދުވަހު ރިޕޯޓު ކުރިކަމަށެވެ.

މި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

Advertisement
Allied — Dhen Online (box)

އުމުރުން ދުވަސްވީ އެ މީހާގެ ފޯނާއި ވޮލެޓު ފޭރިގެންފައިވާ އިރު، އޭނާއަށް އެކި ވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފައެވެ.

އެދުވަހު ކަންތައްވީ ގޮތް ވީޑިއޯއަކަށް ކިޔައިދެމުން އުމުރުން ދުވަސްވީ އެމީހާ ބުނީ، ފޭރެން އުޅުނު މީހާ އެ ދުވަހު އޭނާ ކޮށްޕައިލައިފައި ދުއްވައިގަތީ ކަމަށެވެ.

އޭނާގެ ކަނާތުގެ ބޮޑު ބައެއް ނޫފައިގަނެ، ކޮނޑު ކައިރިން ތަންކޮޅެއް ކަނޑައިގެންދިޔައީ ފޭރުނު މީހާ، އޭނާ ކޮއްޕައިލި ވަގުތު ފާރުގެ ކަނަކަށް ގޮސް ޖެހުމުން ކަމަށް ވެސް ބުނެފައިވެއެވެ. އަދިވެސް އޭނާގެ އަތް އޮތީ ވަރަށް ބޮޑަށް ނޫފައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް