Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރީހެބް ސެންޓަރުތަކުން މަސްތުވާތަކެތި ބޭނުން ކުރަން ހިތްވަރު ލިބޭ: ޕެޓިޝަން ކޮމިޓީ

ރީހެބް ސެންޓަރުތަކުން މަސްތުވާތަކެތި ބޭނުން ކުރަން ހިތްވަރު ލިބޭ: ޕެޓިޝަން ކޮމިޓީ

ރާއްޖޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފަރުވާދޭން ގާއިމުކޮށްފައިވާ ބައެއް ، ރީހެބް ސެންޓަރުތަކުން، އެކަމަށް އިތުރަށް ހިތްވަރު ލިބޭ ކަމަށް ވިދާޅުވެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ވަނީ "ޗޭންޖް އެންޑީއޭ"ގެ ނަމުގައި ޕެޓިޝަނެއް ހުށަހަޅައިފައެވެ. އެ ޕެޓިޝަން ދިރާސާ ކުރުމަށް ޓަކައި ޕެޓިޝަން ކޮމިޓީގެ މެމްބަރުން ވަނީ ބައެއް ރީހެބް ސެންޓަރުތަކަށް ޒިޔާރަތް ކޮށްފައެވެ.

އެ ކޮމިޓީން ޒިޔާރަތް ކުރީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)، ހުޅުމާލޭގައި ގާއިމުކޮށްފައިވާ ހާފްވޭ ހައުސް، ގދ. ތިނަދޫގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ، ފުވައްމުލަކުގެ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ، ސ. ހިތަދޫގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ، ހދ. ހަނިމާދޫގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ، ކ. ހިންމަފުށީގެ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ އަދި ކ. ގުޅިފަޅުގައި ޤާއިމްކޮށްފައިވާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރއަށެވެ.

Advertisement
HDC — Sidebar (box)

މި ސެންޓަރުތަކަށް ޒިޔާރަތް ކުރުމަށް ފަހު އެއްކުރެވުނު މައުލޫމާތުތައް ހިއްސާ ކުރެއްވުމަށް ޓަކައި ޕެޓިޝަން ކޮމިޓީން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވީ މި ތަންތަނަށް ކުރެވުނު ޒިޔާރަތުގައި އެތަންތަނުގެ ހާލަތާއި، އެތަނުން ލިބެމުންދާ ފަރުވާގެ ކަންކަން ބެލިބެލުމުން ފެނިގެންދިޔައީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ ބައެއް ސެންޓަރުތައް ހުރީ ފަޅަށްކަން ވެސް މެމްބަރު އަބްދުލްމުޣުނީ ފާހަގަ ކުރެއްވިއެވެ. އަދި ބައެއް ރީހެބް ސެންޓަރުތަކަކީ އެކަމަށް ހިތްވަރުދޭ ތަންތަން ގޮތުގައި ވެސް އޭނާ ފާހަގަ ކުރައްވައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް