ޚަބަރު

ކޮވިޑް-19: 18 ރަށެއް އަދިވެސް މޮނިޓަރިންގައި!

ރައުފާ ރަޝީދު ، ދެން އޮންލައިން
ތ. ތިމަރަފުށި | ފޮޓޯ: ސަން އޮންލައިން

ކޮވިޑް-19 ވޭދަނަތައް މުޖުތަމައު ތެރެއަށް ފެތުރި މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ އަދަދު 18އަށް އަރައިފިއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންމެ ފަހުގެ ކޮވިޑް މައުލޫމާތުތައް ދައްކާގޮތުން މިހާރު މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު މޮނިޓަރިންއަށް ލީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫއެވެ. ދެން އެންމެ ގިނަދުވަހު މޮނިޓަރިންގައި އޮތީ އައްޑޫ ސިޓީ ހުޅުމީދޫއެވެ. އެރަށް މޮނިޓަރިންއަށް ލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

މޮނިޓަރިންގައި މިވަގުތު އޮތް އިތުރު ރަށްތަކުގެ ތެރޭގައި ނ.ހޮޅުދޫ، މ. މުލައް، މ.ދިއްގަރު، ނ.މިލަދޫގެ މ. މުލި، ތ. ތިމަރަފުށި، ރ. މަޑުއްވަރީ، ރ. މީދޫ، ރ. އިންނަމާދޫ، ގއ. ކަނޑުހުޅުދޫ، ގދ. ފަރެސްމާތޮޑާ، ނ. ކުޑަފަރީ، އަދި ނ. ވެލިދޫ ހިމެނެއެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލާލާއިރު މި ބައްޔަށް މުޅިއަކު ފައްސިވެފައި ވަނީ 90،821 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 88،576 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 248 މީހުން ނިޔާވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!