ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޑުއްވަރިއަށް ޕްރިންސިޕަލެއް ނުލިބެނީ ޝަރުތު ހަމަވާ ފަރާތަކުން ކުރިމަތި ނުލުމުން: މިނިސްޓަރ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: ވަން އޮންލައިން

ރ.މަޑުއްވަރިއަށް ޕްރިންސިޕަލެއް ނުލިބި ލަސްވެފައި ވަނީ އެ މަގާމަށް މީހަކު ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކުރުމުން ވެސް ޝަރުތު ހަމަވާ ފަރާތަކުން ކުރިމަތި ލައިފައި ނުވާތީކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރ. މަޑުއްވަރީ ސުކޫލުގައި ޕްރިންސިޕަލަކު ނެތި 6 މަސްވެފައި ވާތީ، އެކަމާ ބެހޭ ގޮތުން ސުވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަައްވުމަކަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު އެދިވަޑައިގެންނެވުމުގެ ސަބަބުން މިއަދު މަޖިލީހަށް ހާޒިރުވެޑައިގެން އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މަޑުއްވަރީ ސުކޫލުގައި ޕްރިންސިޕަލެއް ނެތި ކުރިއަށް ދަނީ މިދިޔަ އޯގަސްޓުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށާއި އެރަށުގައި ހުންނެވި ދާއިމީ ޕްރިންސިޕަލު އިސްތިއުފާ ދެއްވީ މިދިޔަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

"އެކޮޅުގައި ދާއިމީ ޕްރިންސިޕަލެއް ހުންނެވި. އެބޭފުޅާ ރިޒައިން ކުރެއްވީ 15 އޮގަސްޓުގައި އޭގެ ފަހުން އަޅުގަނޑުމެން މިދަނީ އެރަށަށް ޕްރިންސިޕަލެއް ހޯދުމުގެ މަސައްކަތް ކުރަމުން އެގޮތުން 18 އޯގަސްޓުގައި އަޅުގަނޑުމެން އިއުލާނެއްކުރިން. އެ އިއުލާނަކަށް ޝަރުތު ހަމަވާ ބޭފުޅެއް އިޖާބައެއް ނުދެއްވާ. ދެން އަނެއްކާ 8 ސެމްޕެންބަރުގައި އަޅުގަނޑުމެން ދެވަނަ އިއުލާނެއް ކުރިން. އެ އިއުލާނަކަށް ވެސް ޝަރުތު ހަމަވާ ބޭފުޅެއް އިިޖާބައެއްް ނުދެއްވާ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަޑުއްވަރިއަށް ޕްރިންސިޕަލަކު ލިބިފައި ވަނީ 3ވަނަ ފަހަރަށް އިއުލާނު ކޮށްގެންކަމަށާއި އަންނަ ހަފްތާ ތެރޭ ވަޒީފާގެ ކަންކަން ހަމަޖެހި ސުކޫލަށް ފޮނުވޭވަރު ވާނެކަމަށެވެ.

"ދެން އޮކްޓޯބަރު މަހު 3ވަނަ ފަހަރަށް އިއުލާނުކޮށްގެން މިހާރު ޝަރުތުހަމަވާ ބޭފުޅެއް ލިބި އިންޓަވިއު ޕްރޮސެސް ވެސް ވަނީ ނިމިފައި. މިހާރު ލަސްތަކެއް މިވަނީ އެޕްލައި ކުރެއްވި ބޭފުޅާއަކީ މެލޭޝިޔާގައި ހުންނެވި ބޭފުޅެއް. އެބޭފުޅާ އިއްޔެ ނޫނީ މިއަދު މާލެ ވަޑައިގަންނަވާނެ. ވަޑައިގަތުމަށް ފަހު އަޅުގަނޑުމެންނަށް އަންނަ ހަފްތާ ތެރޭގައި ވަޒީފާ ހަމަޖައްސައިފައި ސުކޫލަށް ފޮނުވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

މަޑުއްވަރީ ސުކޫލުގެ ޕްރިންސިޕަލަކު ނެތި ދިޔައީ މިދިޔަ އޯގަސްޓު މަހުން ފެށިގެން ކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް މެމްބަރު އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވި ގޮތުގައި 2021ވަނަ އަހަރުގެ މެއި މަހުން ފެށިގެން ރ. މަޑުއްވަރީގައި ޕްރިންސިޕަލަކު ނެތެވެ.

Ads by Ooredoo
  1. ހާއުފާ

    ތިޔަވިދާޅުވާ ތާރީޚުތަކުގައި ކުރެއްވި އިޢުލާނުތަކާއި އެކަމަށް ޝައުޤުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ވަނަވަރާއި އިންޓަވިއު ކުރުމުން ލިބިލެއްވި ނަތީޖާ ހާމަކޮށްދެއްވުންއެދެން

  2. ސެއްޅި

    ބަލަ މިހިރަ މޮޔަ އަންހެނާ…….މުސާރަ ކުޑަވީމާ ނުލާނެދޯ.؟އަދި ކުރިމަތި ލިޔަސް ދެއްސެއް ނުނަގާނެ.