Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދަރިވަރުންނަށް ގެއްލުންވާ ހިސާބަކަށް އަރަބިއްޔާ ސްކޫލުގެ ހާލަތެއް ނުދޭ : އެޑިއުކޭޝަން މިނިސްޓަރ

ދަރިވަރުންނަށް ގެއްލުންވާ ހިސާބަކަށް އަރަބިއްޔާ ސްކޫލުގެ ހާލަތެއް ނުދޭ : އެޑިއުކޭޝަން މިނިސްޓަރ

ދަރިވަރުންނަށް ގެއްލުންވާ ހިސާބަށް އަރަބިއްޔާ ސްކޫލުގެ ހާލަތު ނުދާ ކަމަށާއި އެ އިމާރާތުގެ މަރާމާތުތައް ކުރިއަށް އޮތް ޗުއްޓީގައި ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އަރަބިއްޔާ ސްކޫލުގެ ހާލަތާ ބެހޭ ގޮތުން މެމްބަރަކު މިނިސްޓަރއާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ މަސައްކަތް ސަރުކާރާއި އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ދާ ކަމަށެވެ. އަދި އެ އިމާރާތަށް އަދި އެހާ ގިނަ ދުވަސް ވެފައި ނުވާ ކަމަށާއި އިމާރާތުގައި ބޮޑެތި ރެނދުތަކެއް ލައިފައި ހުރިކަން މީގެ ކުރިން މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން އިންޖީނިއަރުންނާއި އިންސްޕެކްޓަރުން އެ އިމާރާތައް ފޮނުވައި ޕްލޭނިންގ މިނިސްޓްރީއާ ގުޅިގެން ސާރވޭތަކެއް ހެދުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ސްޓރަކްޗަރަލް އިންޖީނިއަރުންތަކެއް މިހާރު ވެސް އެ އިމާރާތުގެ އިންސްޕެކްޝަންއެއް ކުރަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިހާރު އެ އިމާރާތަށް ލިބިފައި ހުރި ގެއްލުނަތަކުގެ މަރާމާތު މި ބަންދުގައި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"މިހާރު ބެލި ބެލުމުން އަދި ދަރިވަރުންނަށް އެއްވެސް ގެއްލުމެއް ނެތް. އަޅުގަނޑުމެން ވަރަށް ގާތުން މޮނިޓަރ ކުރަމުން މި ދަނީ އެ އިމާރާތުގެ ކަންތައްތައް. ކިރިޔާ ވެސް ދަރުވަރުންނަށް ނުރައްކާ ވާކަން އެނގޭ ހާލަތުގައި އެ ތަނުން ކުދިން ނެރުމުގެ މަސައަކަތް އަޅުގަނޑުމެން ކުރިޔަށް ގެންދާނަން" މިނިސްޓަރ ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލުގެ ބައެއް ބެލެނިވެރިން މީސް މީޑިޔާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، އިމާރާތުގެ ފާރުތަކުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައި، ވީރާނާވާން ފަށައިފައެވެ. އެ އިމާރާތް އަދިވެސް މަރާމާތުނުކުރާތީ އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ދަނީ ފާޅުކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް