މިސްކިތަށް ކުޑަކަމު ދިޔަ މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ދެ މަސް ދުވަހުގެ ޖަލު ހުކުމެއް
މާލޭގެ ދެ މިސްކިތަކަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރު ކުރި މ. ޝޭޑީހޯމް ހަސަން ޒިޔާދުގެ މައްޗަށް ދައުވާކޮށްފިއެވެ.
އޭނާގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ދެ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޒިޔާދު ވަނީ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ އެކި ވަގުތުތަކުގައި ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒުގެ އިތުރުން ޖުމްހޫރީ މައިދާނާއި ރައީސް އޮފީހުގެ ދޮރުމައްޗަށް ވެސް ކުޑަކަމު ގޮސްފައެވެ. އިސްލާމީ މަރުކަޒު ތެރެއަށް އޭނާ ކުޑަކަމުދިޔައީ މީހުން ނަމާދު ކުރަން ތިބި ވަގުތު މިންބަރާ ހިސާބަށް ހިނގައިފައި ގޮސް ގިބުލައަށްވާ ގޮތަށް ހުރެއެވެ.
ޒިޔާދުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭގޮތުން ޕީޖީ އޮފީހުން މިއަދު ވިދާޅުވީ، އޭނާގެ މައްޗަށް އުފުލައިފައި ވަނީ އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ކުށުގެ ދެ ދައުވާ ކަމަށެވެ. އަދި އެ ދެ ދައުވާކޮށް މި މަހުގެ 16ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވައިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މި ދައުވާތަކަށް ދޭ އަދަބުގެ އަސާސީ މިންގަނޑުން ބަލާ ނަމަ ކޮންމެ ދައުވާއަކަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ކުށަށް އިންކާރު ކުރާ ހާލަތުގައި މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ކުރިމަތިން ފެނުނޭމަވެސް ސާބިތު ނުވަނޭތަ ަދިއެވަރުގެކަމޚަނ ދެމަސް ކަމަކުނުދޭ