Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފައިޒާ ވެކްސިން މުއްދަތު ހަމަވާ ތާރީޚް 9 މަހަށް އިތުރުކޮށްފި

ފައިޒާ ވެކްސިން މުއްދަތު ހަމަވާ ތާރީޚް 9 މަހަށް އިތުރުކޮށްފި
ފައިޒާ އަދި ބައޮންޓެކްއިން އުފައްދައިފައިވާ ކޮވިޑް-19 ވެކްސިންގެ މުއްދަތު ހަމަވާ ތާރީޚް، ވެކްސިން އުފެއްދި ދުވަހުން ފެށިގެން ނުވަ މަސް ދުވަހަށް އިތުރުކޮށްފިއެވެ. ފައިޒާ ވެކްސިންގެ މިހާރުގެ މުއްދަތަކީ، އުފެއްދި ތާރީޚުން ފެށިގެން ހަ މަސް ދުވަހެވެ. މިއަދު އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމިއުނައިޒޭޝަން ޕްރޮގްރާމުގެ ފަރާތުން ހައްވާ ގުރައިޝާ ވިދާޅުވީ، ވެކްސިންގެ މުއްދަތު ހަމަވާ ތާރީޚް އިތުރުކޮށްފައިވާ ކަމަށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރަސްމީކޮށް އަންގައިފައިވާ ކަމަށެވެ. "އަޅުގަނޑުމެންނަށް ޑަބްލިއުއެޗްއޯއިން ރީސެންޓްލީ މި ވަނީ އިންފޯމްކޮށްފައި، އަޅުގަނޑުމެންގެ ފައިޒާ ވެކްސިންގެ އެކްޕަޔަރީ ޑޭޓް ނުވަ މަހަަށް އިތުރު ކުރިކަން. ވެކްސިންގެ އެކްޕަޔަރީއަކީ އެ ބޭފުޅުން ޓެސްޓް ކުރުމަށް ފަހު، މިހާރުވެސް ރިސާޗް ހަދަމުންދާ އެއްޗަކަށް ވާތީ، ކުރިން އިންނަނީ ހަ މަސް ދުވަސް އެހެން ނަމަވެސް ނުވަ މަހަށް ބެހެއްޓުމަށް ފަހު ޓެސްޓް ކުރުމުން ވެސް، އޭގެ އެފަކަސީ އަދި އިފެކްޓިވްނެސް ހުރިކަން ފާހަގަ ކުރެވޭތީ، އޮފިޝަލީ އަންގައިފައި މިވަނީ މިހާރު ހުރި ފައިޒާގެ ވެކްސިން ފެބްރުއަރީގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް" ގުރައިޝާ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ބޫސްޓަރ ވެކްސިނަށް ޖަހަމުން އަންނަނީ ފައިޒާ ވެކްސިނެވެ. ވެކްސިންގެ ތިންވަނަ ޑޯޒް ޖަހަނީ، އެޗްޕީއޭއިން ކަނޑައަޅާ ފަރާތްތަކެވެ. ރާއްޖޭގައި މިހައިތަނަށް 7،230 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހައިފައެވެ. ބޫސްޓަރ ޝޮޓް ދެނީ، ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ދެ މަސް ފަހުންނެވެ. ބޫސްޓަރ ޝޮޓް ދޭ މީހުން
  • ޕްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުން
  • އުމުރުުން 50 އަހަރުން މަތީގެ ބޭފުޅުން
  • ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ތެރެއިން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭހެއް ބޭނުން ކުރާ މީހުން، ދިގު މުއްދަތަކަށް ސްޓްރޮއިޑެއް ބޭނުން ކުރާ މީހުން،
  • ޤަވާއިދުން ޑައިލިސިސް ހަދާ މީހުން،
  • ކެންސަރު ބަލީގެ ފަރުވާ ހޯދަމުން އަންނަ މީހުން ނުވަތަ ފަރުވާކޮށް ނިމި އެއް އަހަރު ނުވާ މީހުން
  • އިސްކޮޅާ އަޅާ ބަލާއިރު، ބަރުދަން މަތި މީހުން، ބީއެމްއައި 40އިން މަތީގައި ހުންނަ މީހުން
  • ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީ، ނުވަތަ ފަރުވާ ލިބޭ މީހުން، ނުވަތަ ޑޮކްޓަރު މިކަމަށް އިރުޝާދު ދީފައިވާ މީހުން.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް