ޚަބަރު

ކޮވިޑް ކޮންޓްރޯލް ކުރަން އެއްބާރުލުމެއް ނުލިބޭ؛އެޗްޕީއޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިއަދު އެޗްއީއޯސީއިންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަތޮޅު ކްލަސްޓާގެ ހެޑް އަބްދުﷲ މައުރޫފް ވިދާޅުވީ، މިމަހު އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑް-19 ފެތުރޭ މިންވަރު ހަލުވިވެފައިވާ ކަމަށެވެ. މިގޮތުން ހަރާކަތްތެރި ވޭދަނައިގެ ގޮތުގައި އަތޮޅު ތެރޭގައި، 1،136 މީހުންނަށް ބަލި ޖެހިފައިވާ ކަމަށާއި 19 ރަށެއް މޮނިޓަރިންގައި އޮތްކަން ފާހަގަ ކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، މިވަގުތު ވޭދަނަތައް އެންމެ ގިނަ ރަށްތަކުގެ ގޮތުގައި ފާހަގަކުރެވެނީ އައްޑޫ ސިޓީ ކަމަށެވެ. އެ ގޮތުން، އައްޑޫގައި މިވަގުތު 291 މީހުންނަށް ބަލި ޖެހިފައިވާއިރު، ހިތަދޫގައި އެކަނި 165 މީހުންނަށް ބަލި ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ އަތޮޅުގެ ރަށްތަކުގެ އިތުރުން، އިތުރު އަށް ރަށެއްގައި ހަރަކާތްތެރި ވޭދަނަތަކުގެ އަދަދު 30އަށް ވުރެ މަތީގައި ހުރިކަން ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވީ، މޮނިޓަރިންނަށް ލައިފައިވާ ރަށްރަށުގައި ވެސް އެޗްޕީއޭގެ އިރުޝާދުތަކަށް އަމަލު ކުރަމުން ނުދާ ކަމަށެވެ. މިވަގުތު އައްޑޫ އަދި މާލޭ ސަރަހައްދު ފިޔަވައި އެންމެ ގިނަ ވޭދަނަތައް ހުރީ، ނ.ހޮޅުދޫ، ގއ.ވިލިނގިލި، ލ.ގަން، ތ.ތިމަރަފުށި، ރ.މަޑުއްވަރި، ނ.ވެލިދޫ، ފުއްމުލަކުގައެވެ.

"މޮނިޓަރިން ހާލަތު އުވާލިޔަސް، ކެފޭ ރެސްޓޯރެންޓްތަކުގައި ގައިދުރުކަން ބެހެއްޓުމާއި، ބަލީގެ އަލާމަތްތައް ހުންނަ ފަރާތްތައް ރިޕޯޓްކުރުމާއި ސާންޕަލް ނެގުމާއި އަދި ހަމައެހެންމެ ރަށު ތެރޭގައި މާސްކް އެޅުން ފަދަ ކަންކަން ކުރަން ޖެހޭ މާސްކް އެޅުން ވެސް ވަރަށް ބޮޑަށް ކުޑަވެފައި މިވަނީ" މައުރޫފް ވިދާޅުވިއެވެ.

ވަކި ތަރުތީބެއް ނެތި ނަގާ ސުންކު ދިނުމަށް ރަށްރަށުން އެއްބާރުލުން ނުލިބޭކަން ފާހަގަ ކުރައްވަމުން، މައުރޫފް އިތުރަށް ވިދާޅުވީ، ރަށެއްގެ ކޮވިޑް-19ހާލަތު އެނގޭނީ އެފަދަ ސުންކުން ކަމަށާއި އެހެން ނަމަވެސް، ސުންކު ދޭން ވެސް ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުންދާ ކަމަށެވެ.

މީގެ އިތުރުން އެއްތާވި މީހުންގެ މައުލޫމާތު ދޭން ވެސް ފަސްޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރަށްރަށުގައި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން، އެއްބަޔަކު އަނެއްބަޔަކާ އެކުގައި ދިރިއުޅެމުން އަންނަ ކަމަށާއި އެއްތާވި މީހުން އެކަހެރި ނުކުރެވި، ބަލި ފެތުރުން ކޮންޓްރޯލް ކުރަން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ކޮވިޑް-19 މަސައްކަތް ކުރަމުންދާއިރު، އެންމެ އެކަށީގެންވާ މައުލޫމާތު ނުލިބޭކަން ފާހަގަކުރެވޭ. މިސާލަކަށް ކޮންޓެކްޓް ޓްރޭސިންގް ހަދަމުންދާއިރުގައި، ކޮންޓެކްޓް ޓްރޭސިންގްއަށް އެ މައުލޫމާތު ނުލިބޭ ކަމަށް ވަންޏާ، ވަރަށް ފަސޭހައިން ބަލި އެބަ ފެތުރިގެންދޭ.

Ads by Allied Insurance
  1. ޙަދިސައިބު

    ޟިހެންވީ ރައީސް ސާލިހު އާއި ހެލްތު މިނިސްޓަރ ކެރަފާ ނަސީމު ނިކަމުގައި ފަރުވށކުޑަކުރީމާ 2023 ގެ ކެންޕެއިން ފަށައިގެން ސާލިހުއުޅޭނީ ބޭނުވުވޭ ކިވިޑު ހާލަތު ގޯސްކަން ދައްކާކަށް