Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލައިފި

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލައިފި

އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި މީޑިއާ އޮފިޝަލު އަހުމަދު ޝަފީޢު ވިދާޅުވީ މއ.ކާމިނީހުޅަގުގެ ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމްއާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށް ޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑަރކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް 24 ނޮވެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާތައް:

Advertisement
Allied Insurance — Square (box)

▪︎ ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ޤާނޫނުގެ 62 ވަނަ މާއްދާ (ހ) ގެ (1) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ.

▪︎ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 510 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ

ޔޫސުފް ނަޢީމްގެ މައްޗަށް ކުރާ ދަޢުވާ:

▪︎ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް