Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑް-19 އަދާހަމަ: ފައްސިވީ އަދަދުތައް އަދިވެސް 100އަށް ވުރެ މަތި

ކޮވިޑް-19 އަދާހަމަ: ފައްސިވީ އަދަދުތައް އަދިވެސް 100އަށް ވުރެ މަތި

ރާއްޖެއިން މިއަދު އިތުރު 102 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 14 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 81 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 7 މީހަކު މި ބައްޔަށް ފައްސި ވެފައިވެއެވެ.

Advertisement
Allied Insurance — Square (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 91،046 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 88،871 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 19 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 248 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް