Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސަށް ފާޑުކީ އެދެމުން ދިޔަ ގިނަ ކަންކަން ނުވީމަ، ކަންކަން ވާން ފެށީމަ ފާޑެއް ނުކިޔަން: ބޮންޑޭ

ރައީސަށް ފާޑުކީ އެދެމުން ދިޔަ ގިނަ ކަންކަން ނުވީމަ، ކަންކަން ވާން ފެށީމަ ފާޑެއް ނުކިޔަން: ބޮންޑޭ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކުރިން ފާޑުވިދާޅުވީ އެމްޑީޕީގެ އާންމު މެމްބަރުން އެދެމުން ދިޔަ ގިނަ ކަންކަން ނުވުމުން ކަމަށާއި ނަމަވެސް މިހާރު އެކަންކަން ވާން ފެށުމުން އެމަނިކުފާނަށް ފާޑު ވިދާޅުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ"އިން ރޭގައި ދެއްކި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮތަސް، އެ ޕާޓީގެ އާންމު މެންބަރުން ސަރުކާރަށާއި ރައީސްއަށް ފާޑުކިޔަން ޖެހޭ ހާލަތްތަކުގައި ފާޑުވެސް ކިޔާނެ ކަމަށެވެ. އަދި އެއީ ޑިމޮކްރެޓިކް ހަމައެއްގެ ގޮތުގައި ވެސް ބޮންޑޭ ވަނީ ސިފަ ކުރައްވައިފައެވެ.

މި ސަރުކާރަށް ތިން އަހަރު ވެގެން ދިޔަ އިރު، މާފަންނު މެދު ދާއިރާގެ މެމްބަރުގެ ކަންބޮޑުވުމަކަށް އޮތީ މާލެ ރައްޔިތުންނަށް ގޯތި ނުދެވޭ މައްސަލަކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް 1،000 އަކަފޫޓުގެ 5،000 ގޯތި މާލެ ރައްޔިތުންނަށް ހަމަޖައްސާނެކަމުގެ ޔަގީންކަން ރައީސް ދެއްވުމުން ފާޑުވިދާޅުނުވާ ކަމަށް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

"އަޅުގަނޑު ވެސް މިދޭތެރެއިން ސަރުކާރަށް ފާޑުކިޔަމުން ދިޔައިން ދޯ، މިހާރު މާލެ ރައްޔިތުންނަށް 5،000 ގޯތި ކަނޑައިފައި ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވީ، މިހާރު ފާޑު ނުކިޔަން، ކަން އޮތް ގޮތަށް ދޯ ބުނަން ވާނީ،" ބޮންޑޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އަބަދުވެސް ހިޔާލު ތަފާތުވުންތައް އޮންނަ ކަމަށާއި ނަމަވެސް އެފަދަ ކަންކަމުން ޕާޓީ ރޫޅި ދެބައިވެގެން ދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް