Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގިނަ ދުވަސްތަކަކަށް ފަހު ކޮވިޑަށް ފައްސިވީ އަދަދު 100އިން ދަށަށް!

ގިނަ ދުވަސްތަކަކަށް ފަހު ކޮވިޑަށް ފައްސިވީ އަދަދު 100އިން ދަށަށް!

ރާއްޖެއިން މިއަދު އިތުރު 76 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 15 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 55 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 6 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 91،122 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 89،029 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 14 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 248 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް