ޚަބަރު

ކަރަންޓީން ނުވެ، ރާއްޖެއިން ސިންގަޕޫރަށް ދެވޭ ގޮތް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކަރަންޓީން ވުމާ ނުލައި ސިންގަޕޫރަށް ދަތުރު ކުރެވޭ ލިސްޓަށް، ރާއްޖެ ލައިފިއެވެ.

Ads by Sosun Fihaara

ކަރަންޓީންވުމަކާ ނުލައި އެ ޤައުމަށް ދަތުރު ކުރެވޭ ޤައުމުތައް ކަނޑައަޅަނީ، ޤައުމެއްގެ ވެކްސިން ޖެހި މީހުންނާއި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދަށް ބެލުމަށް ފަހުއެވެ.

ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީންއިން ނެރޭ ފެހި ލިސްޓަށް ރާއްޖޭގެ އިތުރުން، ހަ ޤައުމެއް ވަނީ އިތުރުކޮށްފައެވެ. އެ އޮތޯރިޓީން ބުނީ، މިފަހަރު ފެހި ލިސްޓަށް ލައިފައިވާ ޤައުމުތަކުން، އަންނަ މަހު 16އިން ފެށިގެން ކަރަންޓީން ވުމަކާ ނުލައި އެ ޤައުމަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ލިސްޓަށް އިތުރުކުރި ހަ ޤައުމާ އެކު މިހާރު 27 ޤައުމަކުން ސިންގަޕޫރަށް ކަރަންޓީން ވުމަކާ ނުލައި ދަތުރު ކުރެވޭނެއެވެ.

ކަރަންޓީން ވުމަކާ ނުލައި ސިންގަޕޫރަށް ދަތުުރު ކުރެވޭ ގޮތަށް އިސްލާޙް ގެނައި ނަމަވެސް އެ ޤައުމަށް ދަތުރު ކުރެވޭނީ ނައްސި ޕީސީއާރު ޓެސްޓަކާ އެކުގައެވެ. އަދި އެ މީހަކީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!