ދުނިޔެ

ޓޫރިސްޓުން ކޮވިޑަށް ޓެސްޓު ކުރުން އިންޑިއާއިން ހަރުކަށިކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ވޭރިއަންޓާ ގުޅިގެން ދެކުނު އެފްރިކާއާއި، އެ ނޫން ވެސް "ނުރައްކަލަށް" ހުށަހެޅިފައިވާ ގައުމުތަކުން އިންޑިއާއަށް އެތެރެވާ ފަތުރުވެރިން ޓެސްޓުކޮށް ސްކްރީން ކުރުމަށް އިންޑިއާއިން ހުރިހާ ސްޓޭޓަކަށް އެޑްވައިޒަރީއެއް ނެރެފިއެވެ.

Ads by Sosun Fihaara

"މި ވޭރިއަންޓަކީ ވަރަށް ގިނަ މިއުޓޭޝަންތަކެއް ހުރި ވޭރިއަންޓެއްކަމަށް މައުލޫމާތު ލިބޭ، އެހެންކަމުން، ވިސާގެ ލުއިތަކާއި، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވައިލައިފައިވާ މިދަނޑިވަޅުގައި އިތުރު ވޭރިއަންޓަކުން، ކުރިން ކުރި މަސައްކަތް ބޭކާރުވެ ދިޔަ ދީގެން ނުވާނެ" ހެލްތު ސެކްރެޓަރީ ރާޖޭޝް ބޫޝަން ބުރާސްފަތި ދުވަހުގެ ރޭ ސްޓޭޓްތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވެއެވެ.

ހުކުރު ދުވަހު އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީން ބުނީ އައު ވޭރިއަންޓްގައި ސްޕައިކް ޕްރޮޓީންއެއް ހުންނަ ކަމަށާއި، މިއީ ކޮވިޑް-19ގެ ވެކްސިންތައް އޭގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ އަސްލު ކޮރޯނާ ވައިރަސްއާ ވަރަށް ތަފާތު ޕްރޮޓީންއެއް ކަމަށެވެ. އަދި އޭގެ ސަބަބުން މިހާރު ހުރި ވެކްސިންތައް މަސައްކަތް ކުރުން ބަލިކަށިވާނެ ކަމަށް ބެލެވޭނެ ކަމަށް ބުނެފައި ވެއެވެ.

އިނގިރޭސިވިލާތުން ވަނީ އެފްރިކާގެ ހަ ގައުމަކުން އެ ގައުމަށް ދަތުރުކުރުން މަނާކޮށް، އެ މަންޒިލްތަކުން އިނގިރޭސި ދަތުރުވެރިން އަނބުރާ ކަރަންޓީނަށް ދިޔުމަށް އެދިފައެވެ.

ކޮވިޑް-19ގެ އަސަރު ދެވަނައަށް އެންމެ ބޮޑަށް ކޮށްފައި ވަނީ އިންޑިއާއަށެވެ. ނަމަވެސް ފާއިތުވީ ދޮޅު އަހަރެއްހައި ދުވަހަށް ބަލާއިރު، އަލަށް ބަލިޖެހުނު މީހުންގެ އަދަދު އެންމެ ކުޑަ އަދަދަކަށް އިތުރުވީ މިދިޔަ ހަފްތާގައެވެ. ސަބަބަކަށް މާހިރުން ވިދާޅުވީ، މީގެ ކުރިން ކުރިމަތިވި އިންފެކްޝަންތަކުގެ ސަބަބުން އެންޓިބޮޑީޒް އިތުރުވުމާއި އެ ގައުމުގެ އާބާދީގެ ބޮޑު ބައެއްގައި ވެކްސިން ދިނުމެވެ.

އިންޑިއާއިން މިހާރު ވަނީ 99 ޤައުމަކަށް ބޯޑަރު ހުޅުވައިލައިފައެވެ. އަދި ބޯޑަރު ބަންދު ކުރުމާ ގުޅޭ ގޮތުން މިހައިތަނަށް ވަކި ގޮތެއް ނިންމައިފައި ނުވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!