ޚަބަރު އިޖުތިމާޢީ

ށ. އަތޮޅު ހޮސްޕިޓަލުން ނުދައްކާ ހުރި ކަރަންޓު ބިލުގެ ޖުމްލަ މިލިއަނަކަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ށ.އަތޮޅު ހޮސްޕިޓަލް/ ފޮޓޯ ސަން

ށ. ފުނަދޫ ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން ނުދައްކާ ހުރި ކަރަންޓު ބިލުތަކުގެ ޖުމްލަ މިލިއަނަކަށް ވުރެ މައްޗައް އަރައިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by Hajj Corporation

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހިނގާ 2021ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހާ ހަމައަށް އެ ހޮސްޕިޓަލުން ނުދައްކާ ހުރި ކަރަންޓު ބިލުތަކުގެ ޖުމްލަ އެއް މިލިއަން ތިން ލައްކައަށް އަރައެވެ. އަދި މިހާރު ވެސް އެ ހޮސްޕިޓަލުން، އެއް މިލިއަން ތިރީސް އެއް ހާސް ނުވަދިހަ ހަތަރު ރުފިޔާ ސާޅީސް އަށް ލާރި ކަރަންޓު ބިލަށް ދައްކަވަން އެބަ އޮތްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާ ބެހޭ ގޮތުން "ދެން"އިންް ސުވާލު ކުރެއްވުމުން ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތު ސާވިސަސް އަހުމަދު ޒުމްރަތު ވިދާޅުވީ އެއީ ބަޔަކު ސިޔާސީ މަންފާއެއް ހޯދުމަށް ދައްކާ ވާހަކައެއް ކަމަށެވެ.

"ބަޔަކު ސިޔާސީ މަންފާއެއް ހޯދަން ޝޯޝަލް މީޑިޔާގައި ދައްކާ ވާހަކައެއް އެއީ." ޒުމްރަތު ވިދާޅުވިއެވެ.

ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ހިންގަވަމުން އަންނަ އެރަށު ކައުންސިލުން ވަނީ އަތޮޅު ހޮސްޕިޓަލުން ނުދައްކަވާ ކަރަންޓު ބިލް ހުރި ކަމަށް ވިދާޅުވެފައެވެ.

"ސަރުކާރުގެ ކޮންމެ މުއައްސަސާއެއްގެ ވެސް ހުންނާނެ ނުދައްކަވާ ހުރި ކަރަންޓު ބިލުތައް. އެގޮތުން ހޮސްޕިޓަލުން ވެސް ނުދައްކަވާ ހުރި ބިލުތައް ހުންނާނެ. އަޅުގަނޑަށް ސީދާ ނޭނގެ ކިހާވަރެއްކަމެއް ދަންނަވާކަށް" ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވިއެވެ.

ށ.ފުނަދޫ އަކީ ށ އަތޮޅުގެ ވެރިކަން ކުރާރަށެވެ. އަަދި އެރަށުގައި ކަރަންޓުގެ ހިދުމަތްދެމުން އަންނަނީ ރައްޔިތުންގެ އިންޖީނުގެއަކުންނެވެ. މި އިންޖީނުގެ ހިންގަނީ ރަށު ކައުންސިލުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!