Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ބޫސްޓާ ޑޯޒް ޖަހަން ނަންބަރު ދޫކުރަން ފަށައިފި

ބޫސްޓާ ޑޯޒް ޖަހަން ނަންބަރު ދޫކުރަން ފަށައިފި

ކޮވިޑު-19 ބޫސްޓާ ޑޯޒު ޖެހުމަށް އޮންލައިންކޮށް ނަމްބަރު ދޫކުރަން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް ވަކި އަދަދަކަށް އޮންލައިންކޮށް ކިއުބީ މެދުވެރިކޮށް ނަންބަރުތައް ދޫކުރަމުން ދާނެ ކަމަށެވެ. ބޫސްޓާ ޑޯޒް ޖަހައިދޭނީ ހަމައެކަނި އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ބޫސްޓާ ޑޯޒް ޖަހައިދެމުން ގެންދާނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. މިހާރު ވެސް އެޕޮއިންޓްމަންޓް އުސޫލުން ރާއްޖޭގައި ބޫސްޓާ ޑޯޒް ޖަހަން ވަނީ ފަށައިފައެވެ. އިއްޔެގެ ނިޔަލަށް 9،558 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ތިންވަނަ ޑޯޒް (ބޫސްޓާ ޑޯޒް)ގެ ގޮތުގައި ރާއްޖޭގައި އަދި ދެނީ ފައިޒާ ވެކްސިނެވެ. ރާއްޖޭގައި ބޫސްޓާ ޑޯޒް ޖަހަން ފަށައިފައި ވަނީ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.

ބޫސްޓާ ޑޯޒް ޖަހައިދެނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި މީހުންނަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް